English Edition
Dhivehi Edition

ކޯލިޝަން ސަރުކާރުގައި އެމްޑީޕީ އަށް އޮތީ އެންމެ %40 ޕަސެންޓްކަމަށާއި ބާކީ %60 އަކީ އެހެން އެމްޑީޕީއާ ތަފާތު ފިކުރު މީހުންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާތީ އެކަމާ ބެހޭ ގޮތުން މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި އަފީފް ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ކޯލިޝަން ސަރުކާރަކަށް ވިޔަސް، ސަރުކާރު ކޮންޓްރޯލް ކުރަނީ އެމްޑީޕީން ނޫންކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުންނެވުމާއެކު މިއީ އެމްޑީޕީ ސަރުކާރެކޭ ބުނި ނަމަވެސް މި ސަރުކާރުގައި އެމްޑީޕީގެ އެއްވެސް ކޮންޓްރޯލެއް ނެތްކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް މި ސަރުކާރަށް އަމާޒުވެފައިވާއިރު އަފީފް ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ކަންކަން ނިންމަވަމުން ގެންދަވަނީ ރައްޔިތުންގެ ލާބަ އާއި މަންފާ ހުރި ގޮތަށް ކަމަށް ގަބޫލު ކުރައްވާކަމަށެވެ.