English Edition
Dhivehi Edition

މިހާރު ޖެނީވާގައި ކުރިއަށްދާ 72ވަނަ ވޯރލްޑް ހެލްތު އެސެމްބްލީގައި، ސުންނާފަތިކޮށް އަޅުވެތިކޮށްފައިވާ ފަލަސްޠީންގެ ސަރަހައްދުތަކުގެ ސިއްޙީ ހާލަތު އިތުރަށް ރަނގަޅުކުރަން މަސައްކަތްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް ގޮވާލާ ތައްޔާތުކޮށްފައިވާ ރިޕޯޓްގައިވާ ކަންކަމާ މަޝްވަރާކޮށް، މިކަމާގުޅިގެން ނިންމި ނިންމުމަށް ތާޢީދުކޮށް ދިވެހި ރާއްޖެއިން ވޯޓު ދެއްވައިފި އެވެ.

ރާއްޖެއިން މި ނިންމުމާ އެއްކޮޅަށް ވޯޓްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ހިމެނޭގޮތަށް 96 މެމްބަރު ޤައުމަކުން ވެސް ވަނީ މިކަމާ އެއްކޮޅަށް ވޯޓު ދެއްވާފަނެވެ. އަދި ދުނިޔޭގެ ބޮޑެތި ޤަޢުމުތައްފަދަ އެމެރިކާ، ޔޫ.ކޭ، އޮސްޓްރޭލިޔާ، ކެނެޑާ، ބްރެޒިލް ހިމެނޭގޮތަށް 11 ޤައުމަކުން މި ނިންމުމާ ދެކޮޅަށް ވޯޓުދީފައި ވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ފަލަސްތީނު ސަރަހައްދުތަކުގެ ދިރިއުޅުމުގެ ޙާލަތާއި އޭގެ ސަބަބުން ކުރިމަތިވެފައި ސިއްޚީ މައްސަލަތަކާއި ގުޅޭގޮތުން އަލިއަޅުވާލާފައިވެއެެވެ. މީގެ އިތުރުން ޢާޒާގެ ބޯރޑާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހައްޔަރުވެފައިވާ ފަލަސްޠީންގެ ރެފިއުޖީންގެ ހާލަތާއި އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަސްޠީން ޤައިދީންގެ ހާލަތު ފާހަގަކޮށްފައިވެއެވެ.

ޖެނީވާގައި މި އަހަރު ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީ (ޑަބްލިއުއެޗްއޭ) ގެ ވައިސް ޗެއާމަނަކަށް ހުންނަވަނީ ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.194 ގައުމުގެ ސިއްހީ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާ މި ބައްދަލުވުންތަކުގައި އަމީން ރިޔާސަތު ބަލަހައްޓަވަނީ ކޮމެޓީ ބީގައެވެ.