ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި މަސައްކަތްކުރާ 148 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
4 މަސް ކުރިން
ޝާން މުޙައްމަދު

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މަސައްކަތްކުރާ 148 މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފި ކަމަށް އެޗްޑީސީ އިން ބުނެފިއެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި އަމިއްލަ އަށް އިސްތިއުފާ ދިން މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.

އެޗްޑީސީން ބުނީ ވަކިކުރި މުވައްޒަފުންގެ ތެރޭގައި ގިނައީ ސެކިއުރިޓީންނާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލަހައްޓަން ނެގި މުވައްޒަފުންކަމަށެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް އެޗްޑީސީ އަށް 150 މުވައްޒަފުން ވައްދާފައިވެ އެވެ. އެމީހުންގެ މުސާރަ އެވްރެޖްކޮށް 8،000 ރުފިޔާގައި އުޅޭ އެ މުސާރަތަކާއި އެލަވަންސްތަކަށް އެޗުޑީސީން މަހަކު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރާ ކަމަށް، އޭރު އަޑު ފެތުރުނެވެ.

Advt

Advertisement

އެޗުޑީސީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސަރުކާރުގެ ކުންފުންޏެވެ. އެ ކުންފުނީގެ މުވައްޒަފުން ލައްވާ އޭރުގެ ސަރުކާރުން ކެމްޕެއިން ގެ ގިނަ މަސައްކަތްތަކެއް ކުރުވާފައިވާކަމަށް ބުނެ ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ.