English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕުގެ މިރޭގެ ދެވަނަ މެޗުގައި ކުލަބު ސްކަވެންޖާސް އާއި ފްރެންޑްސް ކުލަބު ބައްދަލުކުރި މެޗު 7-0 ގެ ބޮޑު ތަފާތަކުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ފްރެންޑްސް ކުލަބުން ކަށަވަރު ކޮށްފިއެވެ.

މިމެޗުން ސްކަވެންޖާސް ބަލިވިޔަސް މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށްދާނީ އެޓީމެވެ. އެއީ މިގްރޫޕުގެ އަނެއް ދެޓީމަށް މިހާތަނަށް ޕޮއިންޓެއް ލިބިފައި ނުވާތީ ބާކީ އޮތް ހަމައެކަނި މެޗުން މޮޅުވިޔަސް އެޓީމުތަކަށް ލިބޭނީ ތިންޕޮއިންޓް ކަމަށްވާތީއެވެ. މިރޭގެ މެޗަށް ސްކަވެންޖާސް ނުކުތްއިރު ވެސް އެޓީމަށްވަނީ 6 ޕޮއިންޓް ލިބިފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރެންޑްސް ކުލަބުންޖެހި 7 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައިދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދި އެކުލަނުގެ ޖާޒީ ނަމްބަރ 6 ޙުސައިން ޝަރީފެވެ. އަޔާޒު އަޙުމަދުވަނީ 2 ލަނޑު ޖަހައިދީފައެވެ. އަނެއް ދެލަނޑު ޖަހައިދީފައިވަނީ ޙުސައިން ޣައްސާން ލަބީބާއި، މުޙައްމަދު ޢިމްރާނެވެ.

މާދަމާރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާކަރީ ޔުނައިޓެޑާއި ޕަޓާސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒެފިއާއާއި ސްކޫޕް ކަންމަތިއެވެ. މާދަމަރޭގެ މެޗަށް މި ދެޓީމް ނުކުންނައިރު ދެ ޓީމްވެސް ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.