English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕުގެ މިރޭގެ ފުރަތަމަ މެޗުގައި އެފްސީ ޒިޔާރަފަންނަ އާއި ޒިލޯން ބައްދަލުކުރި މެޗު 8-0 ލަނޑުން ކާމިޔާބުކޮށް ޒިލޯން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މިނަތީޖާއާއެކު ޒިޔާރަފަންނަ މުބާރާތުން ކެޓީއެވެ.

މި މެޗުގައި ޒިލޯން ޖެހި 8 ލަނޑުގެ ތެރެއިން ޙަސަން އަތޫފާއި އަޙުމަދު އަޒުމީލާއި ޙުސައިން އައިކު މިއިން ކޮންމެ ކުޅުންތެރިއަކުވަނީ ދެލަޑު ޖަހައިފައެވެ. އަނެއް ދެ ލަނޑު ޖަހައިފައިވަނީ އިބްރާހީމް އަލްސަމް އާއި ހަސަލް ލައުހުއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޙަސަން އައިކެވެ.

މިރޭގެ ދެވަނަ މެޗުގައި މިހާރު ކުޅެމުންދަނީ ކުލަބު ސްކަވެންޖާސް އަދި ފުރެންޑްސް ކުލަބެވެ.