English Edition
Dhivehi Edition

ކޮމްޕިއުޓަރުގެ ހާޑް ޑިސްކާ އެއްގޮތަށް ސިކުނޑީގައި މައުލޫމާތު ރައްކާ ކުރެވޭ މިންވަރު ސިކުނޑި އަށް އެނގެ އެވެ. ކޮމްޕިއުޓަރުގައި ރައްކާ ކުރެވޭ މިންވަރު “ބިޓްސް” އިން އަންދާޒާ ކުރެވެ އެވެ.

ނަމަވެސް ސިކުނޑި އަށް ރައްކާ ކުރެވޭ މިންވަރު ގުޅިފައި އޮންނަނީ ނިއުރޯންސް މެދުވެރިކޮށް ފޮނުވާލެވޭ ސިގްނަލްގެ ބާރުގަދަ މިންވަރަށް ބަލައިފަ އެވެ. މި ގޮތަށް ބަދަލު ކުރެވޭ ސިގްނަލްތައް ދިރާސާ ކުރެވިގެން ނޫނީ ސިކުނޑީގައި މައުލޫމާތު ރައްކާ ކުރެވޭނެ މިންވަރު ނޭނގޭނެ އެވެ.

މިއަދާ ހަމައަށް އެއްވެސް ބަޔަކަށް ސިކުނޑީގައި މައުލޫމާތު ރައްކާ ކުރެވިދާނެ މިންވަރު ހޯދިފައެއް ނެތެވެ. ނަމަވެސް މީގެ ކުރިން ދިރާސާކުރާ ފަރާތްތަކުން މިފަދަ އަންދާޒާއެއްކޮށްފައިވެ އެވެ. އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މީގެ ކުރިން އަންދާޒާ ކުރެވިފައިވާ ވަރަށް ވުރެ ސިކުނޑީގެ ސްޓޯރޭޖް ކެޕޭސިޓީ 10 ގުނަ އިތުރެވެ.

ނިއުރޯނަލް ސެލްސްތައް އެކަތި އަނެކެއްޗަށް މުއާސަލާތު ކުރަނީ އެޕެންޑޭޖްސް މެދުވެރިކޮށެވެ. އެއީ އެކްސޮން އާއި ޑެންޓްރައިޓްސް އެވެ. އެއް ނިއުރޯންގެ އެކްސޮން އިން އަނެއް ނިއުރޯންގެ ޑެންޑްރައިޓްސް ބައްދަލުވާ ހިސާބަކީ ސިނޭޕްސް އެވެ.

ނިއުރޯންއަށް ލިބޭ ސިގުނަލްގެ ބާރުމިން ދަނެގަންނަނީ މިހިސާބުންނެވެ. މިގޮތަށް ބަދަލުވާ ސިގްނަލްގެ ބާރުމިނަށް ބަލާފަ ސިކުނޑީގައި މައުލޫމާތު ރައްކާ ކުރަން ފެށިގަނެއެވެ. މީގެއިން ދޭހަވާ ކަމަކީ ސިކުނޑީގެ ބޮޑުމިން ގުޅިފައި ވަނީ މައުލޫމާތު ބަދަލު ކުރުމުގައި މެދުވެރިވާ ސިނޭޕްސްގެ މިންވަރަށް ބަލާފައެވެ. އަދި މީގެ އިތުރަށް ސިނޭޕްޓިކުގެ ބާރުގެ މިންވަރަށެވެ.

އިހަކަށް ދުވަހާ ހަމައަށް ބެލިފަ އޮތީ ސިނޭޕްސް ގެ އެކިސައިޒުތައް ވަރަށް މަދުކަމަށެވެ. ނަމަވެސް މިހާރުގެ ހޯދުންތަކުން އެގެނީ ކުރީގެ ހޯދުންތައް އެހާ ރަނގަޅު ނޫން ކަމަށެވެ. ފުރަތަ ކުރެވުނު ދިރާސާތަކުން ފާހަގަ ކުރެވުނީ ބައެއް އެކްސޮންސް ތަކުން އެންމެ ޑެންޑްރައިޓް އަކާއި ކުޅިގެން އުފެދެނީ އެންމެ ދެ ސިނޭޕްސް ކަމެވެ.

aaaaމިހެންކަމުން މިހާރު ގަބޫލު ކުރެވެނީ ސިނޭޕްޓިކު ސައިޒު އެކިމިންވަރަށް ހުރެދާނެ ކަމަށެވެ.

ސީރިއަލް ސެކްޝަން އިލެކްޓްރޯން މައިކްރޯސްކޮޕީ ގެ އެހީގައި 3ޑީ ކޮށް ސިކުންޑީގެ ޓިޝޫތަށް ފަރުމާ ކުރެވިފައިވާ ގޮތްވަނީ ހޯދިފައެވެ.

މީގެ އެހީގައި ދިރާސާކުރާ ފަރާތްތަކަށް އެގިގެންދިޔައި ތަފާތު 26 ބާރުމިނުގެ ސިނޭޕްޓިކް އެކުލެވޭ ކަމެވެ.

މީގެ މާނައަކީ ކޮންމެ ސިނޭޕްސް އަކުން ގާތްގަނޑކަށް 4.7 ބިޓުގެ މެމޮރީ އުފެއްދޭ ކަމަވެ. މީ ހަމަ ޔަގީނުންވެސް މީގެ ކުރިން ހޯދިފައިވާ މިންވަރަށްވުރެން 10 ގުނަ ބޮޑު މިންވަރަކެވެ.

އެކްސޮން މެދުވެރިކޮށް ބަދުލު ކުރެވޭ މައުލޫމާތުގެ ކުޑަ އަދި ބޮޑުމިނަށް ބަލާފަ ސިނޭޕްސްގެ ސައިޒް ބަދަލުވެގެން ދެއެވެ. މިއަށް ކިޔަނީ ސިނޭޕްޓިކް ޕްލާސްސިޓީ އެވެ. މި އުފެދެނީ ކެލްސިއަމްގެ އިންފްލަކްސް މެދުވެރިކޮށް ޑެންޑްރައިޓްގެ ބުޑަގައެވެ. މީގެ ސަބަބުން ސިނޭޕްސްގެ ސާފޭސް އޭރިއާ ބޮޑުވެ އެތައް ބައިވަރު ސިގްނަލްތައް މުއާސަލާތު ކުރުން ފުރުސަތު ލިބެއެވެ.

ސިކުނޑީގައި އެތައް ޓްރިލިއަން ސިނޭޕްސް އެކުލެވިގެން ވުމާއެކު ދިރާސާކުރާ މީހުން ވަނީ ބޮޑު ހައިރާން ކަމެއްގެ ތެރޭގައެވެ. މިދިރާސާގެ ކޯއޯތާ ޓެރީ ސެޖްނޯސްކީ ބުނެފައި ވަނީ އެ މީހުންގެ މިހޯދުން ތަކުން ހާމަވާ ގޮތުގައި މީގެ ކުރިއަށް ވުރެ ސިކުނޑީގެ ކެޕޭސިޓީ ދިހަ ގުނަ އިތުރު ވެފައި ގާތްގަނޑަށް އެންމެ ކުޑަ ސައިޒަކީވެސް އެއް ޕެޓާބައިޓެވެ.

އެއީ މުޅި އިންޓާނެޓްގެ ކެޕޭސިޓީއަށް ވުރެވެސް ބޮޑު ކެޕޭސިޓީއެކެވެ. މި ހޯދުން ތަކުގެ އެހީގައި އަލަށް އުފައްދާ ކޮންޕިއުޓަރިތައް ވަރަށް ބޮޑަށް ތަރައްގީ ކުރެވިދާނެ ކަމަށް އޭނާ ބުނެ އެވެ.