English Edition
Dhivehi Edition

“ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލް ކަޕް” މުބާރާތުގައި މިރޭގެ ފުރަތަމަ މެޗު އެންމެފަހު ދެ އަހަރުގެ ޗެމްޕިއަން އެފްސީ ބޭރުމަތި ކާމިޔާބުކޮށް ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ. އެޓީމުން ދެވަނަ ބުރަށް ދަތުރުކުރީ އެފްސީ ސްޕްރިންޓާ ބައްދަލުކޮށް މެޗު 3-1 ލަނޑުން މޮޅުވެގެންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖަހައި ލީޑުނެގީ ވެސް ބޭރުމައްޗެވެ. ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ފަށައިގެން ގިނައިރެއް ނުވަނީސް އެފްސީ ސްޕްރިންޓުން ވަނީ އެމީހުންގެ ހަމައެކަނި ލަނޑު ޖަހައި ބޭރުމައްޗަށް ޕްރެޝަރ ބޮޑުކޮށްފައެވެ. އެހެންނަމަވެސް ބޭރުމަތިވަނީ އިތުރަށް ހިތްވަރު ނެރެ ކުޅެގެން އިތުރު ދެލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފައެވެ.

އެފްސީ ބޭރުމަތީގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އިބްރާހީމް ސިނާހު އާއި، ޢަލީ ހާފިޒު އާއި، އިބްރާހީމް މުބީން އަޙުމަދު ރަޝީދެވެ. އެފްސީ ސްޕްރިންޓުގެ ހަމައެކަނި ލަނޑު ޖެހީ އެ ޓީމުގެ އަޙުމަދު ޙުސައިނެވެ.

މިމެޗުގެ އެންމެމޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ އެފްސީ ބޭރުމަތީގެ ޖާޒީ ނަމްބަރ 5 އިބްރާހީމް މުބީނެވެ.

މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ފްރެންޑްސްއާއި ވެންބޮޅޮ ޔުނައިޓެވެ.