English Edition
Dhivehi Edition

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާ އަށް ގޮސްގެން އުޅެނިކޮށް ގެއްލުނު މީހާ މިއަދު ފެނިއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ ޞަފާ އާއި މަރުވާއާ ދޭތެރޭ ހިނގަނިކޮށް ހޮނިހިރު ދުވަހު ގެއްލުނު މީހާ ފެނުނީ ޖަމްރާތައް ކައިރިންނެވެ. ފެނުނު އިރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ހަމީދު ވިދާޅުވި އެވެ.

ގެއްލުނު މީހާ އަކީ އުމުރުން ދުވަސްވީ މީހެކެވެ.

ގެއްލުނު އަންހެން މީހާއާއި އެކު އޭނާގެ ފިރިމީހާވެސް އުމްރާއަށް ދިޔަ ކަމަށް އާއިލާއިންވަނީ ބުނެފައެވެ.

މި އަހަރުވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 84 މީހަކު އުމްރާއަށް ގޮސްފައިވާއިރު އެމީހުންގެ ހާލު ރަގަޅުކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.