English Edition
Dhivehi Edition

ދުނިޔޭގެ ހަތަރު ވަނައަށް އެންމެ އަގުހުރި ކުންފުނީގެ ގޮތުގައިވާ އަދި ތެޔޮ އުފެއްދުމުގެ މަތީގިންތީގައި ހިމެނިފައިވާ “އެކްސަން މޯބައިލް” ފަހަތަށް ޖައްސާލުމަށްފަހު އެމަގާމު ފޭސްބުކް އިން ހޯދައިފި އެވެ.

މިހާރު ދުނިޔޭގެ ހިއްސާގެ ބާޒާރަށް ބަލާއިރު ފޭސްބުކަށް މިފަދަ މަގާމެއް ހާސިލު ކުރެވުމުގެ ދެސަބަބެއް އެބަ އޮތެވެ.

* ދުނިޔޭގެ އެންމެ ވަރުގަދަ ނެޓްވޯކިން ކުންފުނި މިފަދަ ހަރުފަތަކަށް އެރި ފުރަތަމަ ސަބަބަކީ ފޭސްބުކަށް ވަންނަ މީހުން ދުވަހުން ދުވަހަށް އިތުރު ވުމާއި އެކު އެމީހުންގެ އާމްދަނީ އިތުރު ވެގެން ދިއުމެވެ.

* ދެވަނަ ސަބަބަކަށް ފާހަގަ ކޮށްލެވެނީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިފައި އޮތުމާއެކު އެކްސަންގެ އާމްދަނީ ދަށްޗެގެން ދިއުމެވެ.

މިގިންތީގައި ހިމެނޭ ޓެކްނޮލަޖީގެ އެންމެ ކުރީގައި ހިމެނެނީ އަލްފަބެޓް (ގޫގުލް)، އެޕްލް، މައިކްރޯސޮފްޓް އަދި ފޭސްބުކު އެވެ.

aaފޭސްބުކް އޮންލައިން ޝެއާ މާކެޓާއި ގުޅުމުން ގިނަ ފަރާތްތަކުން ގަބޫލު ކޮށްފައި ވަނީ އެމީހުން މިކަމުގައި ކުރިއަށް ދެމިލާނެ ގާބިލުކަން ހުރިކަމެވެ. ވޯލްސްޓްރީޓްގެ ގިނަ އިންވެސްޓަރުންވެސް ގަބޫލުކުރީ ހަމަ މިގޮތަށެވެ. މިލިސްޓްގެ އެހެން ކުންފުނި ތަކާއި ޚިލާފަށް ފޭސްބުކުގެ އާމްދަނީ ބިނާވެފައި އެމީހުންގެ ވެބްސައިޓަށެވެ.

ނަމަވެސް ފޭސްބުކުން ފަހަތަށް އެނބުރި ބެލުމަށް ނެތި ދިޔައީ ކުރިއަށެވެ. ދުނިޔޭގެ ޓެކްނޮލަޖީ ކުންފުނި ތަކުން މިހާ ބާރު މިނެއްގައި ކުރިއަރަމުން އަންނަނީވެސް ހަމަ ފޭސްބުކު އެވެ. ވޯލްސްޓްރީޓުން މީގެ ކުރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ގިނަ އާމްދަނީއެއް މިހާރު ފޭސްބުކުން ހޯދާނަކަން ވަނީ ޔަގީން ވެފައެވެ.

މިލިސްޓްގައި އެޕްލް ކުންފުނިން ވޭތުވެ ދިޔަ 13 އަހަރު ޖާގަ ހޯދިއިރުވެސް ލިސްޓުގެ އެއްވަނައަށް އައިސްފައި ނުވެއެވެ. އެމީހުންގެ އާމްދަނީގައި 200 ބިލިއަން ޑޮލަރުގެ ފައިދާއެއް އޮތް ކަމުގައި ވީނަމަވެސް އިންވެސްޓަރުން ގަބޫލު ކުރާގޮތުގައި އެޕަލްގެ މުސްތަގުބަލް އެހާރަނގަޅެއް ނޫނެވެ.

އެޕްލްއިން މީގެ ކުރިން ހާސިލްކޮށްފައިވާ ދުނިޔޭގެ އެއްވަނަ މިހާރު ގޫގުލްއިންވަނީ އަތުލާފައެވެ. ގޫގުލްއިން މިހާރު ވަނީ އެކުންފުނީގެ ނަމަށް ބަދަލު ގެނަސް އަދި އާއޮނިގަނޑެއްވެސް އެކުލަވާލައިފައެވެ. އެހެންކަމުން ގޫގުލްގެ މުސްތަގު ބަލާ މެދު ދެކޭ ހުވަފެން ވަރަށް ފޮނިއެވެ.