ކެންޔާގެ ކުރީގެ ރައީސް ޑެނިއަލް އަރަޕް މޮއިގެ މައްޗަށް އެގައުމުގެ ހުވަފަތް އަންހެނެއްގެ ބިމެއް ނުހައްގުން އަތުލި މައްސަލާގައި، ބަދަލުގެ ގޮތުގައި 1.06 ބިލިއަން ޝިލިންސް (10.5 މިލިއަން ޑޮލަރު) ދިނުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.
ކޯޓުގެ ފަނޑިޔާރު ބުނެފައި ވަނީ ހުވަފަތް އަންހެނެއް ކަމަށްވާ ސުސާން ޗެބުރެޓު ޗެލުގުއިގެ 53 އޭކަރުގެ ބިން މޮއި ވަނީ އޭނާގެ އަމިއްލަ ނަމަށް ބަދަލުކޮށްފައި ކަމަށެވެ.
އެ ބިން ނުހައްގުން އަތުލާފައި ވަނީ މީގެ 36 އަހަރު ކުރިންނެވެ. އެކަމަކު މޮއިގެ ނަމަށް ބަދަލުކޮށްފައި ވަނީ 2007 ވަނަ އަހަރު އެވެ.
ކެންޔާގެ ދެ ވަނަ ރައީސްގެ ގޮތުގައި މޮއި ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވީ 1978 ވަނަ އަހަރު އެވެ. އޭނާ ވަނީ 2002 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރައްވައިފަ އެވެ. އޭނާގެ 24 އަހަރުގެ ހުދުމުޚްތާރު ވެރިކަމުގައި ވަނީ އެތައް ބައެއްގެ ހައްގަށް އަރައިގެންފަ އެވެ.