ފޮތްތަކަކީ ލިޔުންތެރިޔާގެ ސިކުނޑިއަށް ހިންގާލެވޭ ނަޒަރިއްޔާތެކެވެ. އެހެން ނަމަވެސް އެއާ ފޮތާ ނުލައި ސީދާ ސިކުނޑި އާ ގުޅާލުމުން ވާނީ ކިހިނެއްތޯ އެވެ؟ ބޭނުން ހުރިހާ ސުވާލަކަށް ވަގުތުން ޖަވާބު ލިބި، އެ މީހުންގެ ތަޖުރިބާ އެމީހެއްގެ އަމިއްލަ ދުލުން އަޑު އަހާލަން ލިބުން ކިހިނެއްތޯ އެވެ؟
ޑެންމާކުން ވަނީ މި މަގުސަދުގައި ލައިބްރަރީއެއް ހުޅުވައިފަ އެވެ. މިއީ ފޮތްތަކުގެ ބަދަލުގައި މީހުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށް އެމީހުންގެ ތަޖުރިބާ ކާއި ވާހަކަތައް އަޑު އަހާލުމުގެ ފުރުސަތު ލައިބްރަރީއެކެވެ. ތަޖުރިބާތައް އެކި ދާއިރާތަކަށް އާންމު ލައިބްރަރީއެއް ފަދައިން އެކި ދާއިރާތަކަށް ބަހާލެވި، އެ މީހަކު އިތުރަށް އެނގެން ބޭނުންވާ މައުލޫމާތުތައް ސީދާކޮށް ތަޖުރިބާކޮށްލެވެ އެވެ. ދެން އެ މީހަކަށް ލިބުނު ތަޖުރިބާ ކިޔާ ދޭ ފަރާތާއެކު 30 މިނެޓް ވަންދެން ކަނޑައެޅިފައިވާ ތަނުގައި ހޭދަކޮށްލެވެ އެެވެ.
މިތާގައި ނަގަން ލިބޭ “އިންސާނީ ފޮތްތަކު” ގެ ގޮތުގައި ނަގާލެވޭ މީހުންގެ ތެރޭގައި ސިޔާސީ މީހުންނާއި މަރުވުމުން ތައްޔާުރު ކުރާ މީހުންނާއި ތަފާތު އެކި ދާއިރާތަކުގެ މީހުންނާއި މީގެ އިތުރުން ކުޑަކުދިން ވެސް ހިމެނެެ އެވެ.
“އިންސާނީ ލައިބްރަރީ” ނުވަތަ “ހިއުމަން ލައިބްރަރީ” ފަށާފައި ވަނީ 2007 އަހަރު ޑެންމާކްގެ ޒުވާނުންގެ ޖަމިއްޔާއެއް ކަމަށްވާ “ސްޓޮޕް ދަ ވައިލެންސް” ނަމަކައް ކިޔާ ޖަމީއްޔާއަކުންނެވެ.
މީގެ މައިގަނޑު މަޤްސަދެއްގެ ގޮތުގައި ދޭދޭ ފަރުދުންގެ ދެމެދުގައި ގުޅުން ބަދަހިކޮށް އަންމު ގޮތެއްގައި ވާހަކަ ނުދައްކާނެ މީހުންގެ މުވާސަލާތު ކުރުވުމަށެވެ.
ތަފާތު ސަޤާފަތްތަކާއި ދީންތަކާއި ނަސްލު ތަކުގެ މީހުން އޭރު ޑެންމާކަށް އަންނަމުން ދިއުމުގެ ސަބަބުން މީހުންގެ މެދުގައި އޮތީ ނުތަނަވަސް ކަން އުފެދިފައި ކަމަށް، އިނގިރޭސިވިލާތުގައި ލައިބްރަރީ ހިންގަމުން އަންނަ ވީނާ ޓޯރްޗިއާ ކިޔައި ދިނެވެ.
އެހެންކަމުން ޒުވާނުންތަކެށް އެކުވެގެން އޭރު އޮތް ނުތަނަވަސް ކަން ދުރުކުރުމަށް ގެނައި ހިޔާލެކެވެ.
“އިންސާނީ ލައިބްރަރީއަކީ ހަޤީގަތުގައި ވަހަކަ ދެއްކުމަށް ސްޓޭޖެށް ހީވުންތަކާއި އާންމުކޮއް ގަބޫލް ކުރެވިފައި ވާކަންތައްތަކައް ގޮންޖަހާލުމަށާއި، އިޖްތިމާއީ އެއްބައިވަންތަކަން އުފެއްދުމަށް އޮއް ސްޓޭޖެއް،” ޓޯރްޗިއާ ބުންޏެވެ.
ދުނިޔޭގެ 50 އަށް ވުރެ ގިނަ ގަައުމުގައި މިހާރު މިފަދަ ލައިބްރަރީތައް އަންނަނީ ހިންގަމުންނެވެ. އަދި މީއީ ވަކި ހާއްސާ އެއްޗެއް ބޭނުން ނުވެ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ގާއިމް ކުރެވިދާނެ ލައިބްރަރީއެކެވެ.
“ފޮތެއް” ގެ ގޮތުގައި އިސްނަގައިފައިވާ ވެއިން ކިޔައި ދިން ގޮތުގައި ވާހަކަތައް އަންގައިން ކިޔައިދޭ ކަހަލަ އހްސާސެއް ވާކަމަށް ބުނެ އެވެ.
“އަހަންނަށް ކިޔައި ދެވޭނެ ކަހަލަ ވަރަށް ގިނަ ވާހަކަތައް އެބަ ހުރި. އަހަރެންގެ ހަޔާތް ވަރަށް ވެސް ކުލަގަދަ. ހަމަ ހީވާނީ ވާހަކަ ފޮތެއް ހުޅުވާލުން ކަހަލަ ކަމެއްހެން ހަމަ މިއީ.” އޭނާ ބުންޏެވެ.