English Edition
Dhivehi Edition

މަރަދޫ ގޯދިއްޔާއިން އިންތިޒާމް ކޮށްގެން ކޮންމެ ރަމަޟާންމަހަކު އެރަށުގައި ކުރިއަށް ގެންދާ “ގޯދިއްޔާ ފުޓުސަލް ކަޕް” ގެ ދެވަނަ ބުރަށް ދިއުމިގެ އިތުބާރު ޔަންގްވަންސް ބޮޑުކޮށްފިއެވެ.

އެޓީމް ދެވަނަ ބުރުގެ އިތުބާރު ބޮޑުކުރީ މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި އެފްސީ ޒިލޯންއާ ބައްދަލުކޮށް 2-0 އިން މެޗު މޮޅުވެގެންނެވެ. މިރޭގެ މެޗަށް ނުކުތްއިރު މި ދެޓީމުން ކުރެ ކޮންމެ ޓީމެއްވަނީ ފުރަތަމަ މެޗު ކާމިޔާބު ތިން ޕޮއިންޓް ހޯދައިފައެވެ.

މިރޭގެ މެޗުން ޒިލޯން ބަލިވިޔަސް ދެވަނަބުރުގެ ފުރުސަތު އެޓީމަށް ވެސް އެބައޮތެވެ. ޒިލޯން ވަނީ ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި އެފްސީ އަފިރިން އަތުން 4-3 މޮޅުވެފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔަންގްވަންސަށް ދެ ލަނޑުވެސް ޖަހައިދިން އެޓީމުގެ ޖާޒީ ނަމްބަރ 9 އިސްމާޢީލް މުނީފެވެ.

މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެސްއެމްޓީއާއި ފްރެންޑްސް ކުލަބެވެ.