ޝަރީފް ދެން ފެންނާނީ ސަރުކާރު ޙިއްސާވާ ވިޔަފާރި ކުންފުންޏަކުން
4 މަސް ކުރިން
ޝާން މުޙައްމަދު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް އީސީގެ މެންބަރުކަމުން އިސްތިއުފާދިނުމަށްފަހު ދެން ފެނުން އެންމެ ގާތީ ސަރުކާރު ޙިއްސާވާ ވިޔަފާރި ކުންފުންޏެއްގެ އިސް މަޤާމެއް ފުރުއްވުންކަމަށް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ އެއްވެސް މަޤާމެއް އަދާނުކުރައްވާނެކަމަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަސް އަހަރު ދުވަހުގެ ދައުރުގައި އެހެން ދާއިރާއަކުން ފެނުން އެކަށީގެންވާކަމަށެވެ. އަދި އެންމެ ފުރުޞަތު ބޮޑީ ސަރުކާރު ޙިއްސާވާ ވިޔަފާރި ކުންފުންޏެއްގެ އިސް މަޤާމެއް ފުރުއްވުންކަމަށް ޝަރީފް ވިދާޅުވިއެވެ.

Advt

Advertisement

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ޝަރީފް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ 2018ވަނަ އަހަރުގެ މާރިޗް މަހުގެ ހަވަނަ ދުވަހުއެވެ.

މިގޮތުން ޝަރީފް އީސީގެ މެންބަރުކަމުން އިސްތިއުފާދިނުމަށް ނިންމަވައިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އެވެ.