English Edition
Dhivehi Edition

އޯޓިޒަމް އަކީ އޭގެ ސަބަބުން ނުރަގަޅު އުނދަގޫތައް ދިމާވާ ޚާއްސަ އެހީތެރިކަން ބޭނުންވާ ކަމެކެވެ. އޯޓިޒަމް ބަލީގެ ގިނަ ކުދިންނަކީ މުއާމަލާތު ކުރުމުގައާއި ވާހަކަ ދެއްކުމުގައި އުނދަގޫތައް ދިމާވާ ކުދިންނެވެ. އަދި ބުނާ އެއްޗެއް ފަހުމު ވުމުގައި ވެސް އެކުންދިންނަށް އުނދަގޫތައް ދިމާވެއެވެ.

އެހެން ނަމަވެސް އޯޓިސްޓިކު ކުދިންގެ ސިކުނޑި އެހެން އާދައިގެ މީހުންގެ ސިކުނޑިއަށް އެއްވެސް ހާލެއްގައި ބައްޔެއް ނޫނެވެ. އެކުދިންގެ ސިކުނޑި ތަފާތީއެވެ.

ޔުނިވާސިޓީ ޕްރޮފެސްރަކު މިކަމުގެ ހަގީގަތް އެހެން މީހުންނަށް ދައްކާ ލުމަށް އޭނަގެ އުމުރުން 11 އަހަރުގެ އޯޓިސްޓިކް ދަރިފުޅު އޭނަގެ ކްލާސް ރޫމަށް ގެނައެވެ. އެކުލާހުގެ ތިބި ކުދިންތިބީ ކުޑަކޮށް އޮޅުން ތަކެއްގެ ތެރޭގައެވެ. ނަމަވެސް އޭގެ ފަހުން އެމީހުން ހައިރާން ކުރުވިއެވެ.

އެކުއްޖާ ދުނިޔޭގެ ޗާޓް އެއްވެސް އެއްޗެއް ނުބަލާ އެކުއްޖާގެ ސިކުނޑިން ވައިޓް ބޯޑުުގައި ކުރަހާލިއެވެ.

aa1

އެކުއްޖާ ވައިޓް ބޯޑުގައި ކުރަހާލި މެޕަކީ ވަރަށް ފުރިހަމަ މެޕަކެވެ. އޭގައި ގައުމުތައް ވަކި ކޮށްފައިވަނީ ހަމަ ބަރާބަރަށެވެ. އެންމެ ކުޑަ މިނުން ދިވެހިރާއްޖެ ވެސް އެމެޕްގައި ދައްކާ ލައިފާ ވަނީ ބަރާބަރަށެވެ.

aa2

ޕްރޮފެސަރުގެ ދަރިފުޅު އެޗާޓު ލޭބަލް ކުރީވެސް ހަމަ ބަރާބަރަށެވެ.

aa3

މިއީ ހަމަ ހަގީގަތުގަވެސް ވަރަށް ކުޅަދާނަ ކަމެކެވެ. މިމާއްދާ ކިޔަވާދޭ ޓީޗަރަކަށްވެސް ގިނަފަހަރު މުޅި ދުނިޔޭގެ ޗާޓު ކުރަހާލާފަ ލޭބެލް ކުރެވޭނީ ކޮންމެވެސް ވަރަކަށް ބަލައިގެންނެވެ. ނަމަވެސް މިކުއްޖާ ހަމަ ކުރަހަން ފެށިގޮތަށް ގޮސް ނިންމާލީއެވެ. އޯޓިސްޓިކު ކުދިންގެ ސިކުނޑިއަކީ ވަރަށް ބަރާބަރު އަދި ފެންނަ މަންޒަރުތައް ފުރިހަމައަށް ސިކުނޑިއަށް ނަގައި ގަންނަ ކުދިންނެވެ. މިއީ އާދައިގެ އިންސާނުންގެ ހުންނަ ކުޅަދާނަ ކަމެއް ނޫނެވެ. މި 11 އަހަރުގެ ކުއްޖާއަކީ މީގެ ހަގީގަތެވެ. އޯޓިސްޓިކު ކުދިންގެ ހުނަރަކީ ވަރަށްވެސް ކުޅާދާނެއެވެ.