English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕްގައި މިރޭގެ ދެވަނަ މެޗުގައި އެސްއެމްޓީއާއި ކުލަބު ސްކަވެންޖަރސް ބައްދަލުކުރި މެޗު 2-0 ލަނޑުން ސްކަވަންޖަރސް ކާމިޔާބު ކޮށްފިއެވެ.

މިމެޗުގެ ހަމައެކަނި 2 ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ސްކަވެންޖަރސްގެ ޖާޒީ ނަމްބަރ 9 ޢަލީ ޟިރުޣާމެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކަވަންޖަރސްގެ ޖާޒީ ނަމްބަރ 9 ޢަލީ ޟިރުޣާމެވެ. އޭނާއަށް އިނާމް ޙަވާލުކޮށްދެއްވީ ޑަބްލިޔުޑީސީގެ ފުރަތަމަ ދައުރުގެ ރައީސާ ނުޒުޙަތު ރަޝީދެވެ.

މިމުބާރާތުގެ ދެ މެޗު މާދަންރޭ ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ބޭރުމަތި ޓީމާއި ޕަޓާސް އެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ. މި މެޗުފަށާނީ މާދަމާރޭ 21:30 ގައެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޔުނައިޓެޑް ފްރެންސްއާއި އެފްސީ ސްކޫޕް ކަންމަތިއެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ.