English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް 2019 ގައި މިރޭގެ ދެވަނަމެޗު ފޯރިގަދަ ކުޅުނަކަށްފަހު އެފްސީ ސްކޫޕް ކަންމަތިން މަރަދޫ ވެންބޮޅޮ ޔުނައިޓެޑު ބަލިކޮށްފިއެވެ. އެޓީމުން ވެމްބޮޅޮ ޔުނައިޓެޑް ބަލިކުރީ 4-3 ލަނޑުންނެވެ.

މިމެޗުގެ ފުރަތަ މަހާފު ނިމުނުއިރު 3-1 އިން ކުރީގައި އޮތީ އެފްސީ ސްކޫޕް ކަންމައްޗެވެ. ދެވަނަހާފު ފަށައިގެން ވެންބޮޅޮ ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ދެލަނޑުޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ. އެހިސާބުން ދެޓީމުން ވެސް މަސައްކަތް ކުރަމުންދިޔައީ އިތުރު ލަނޑެއްޖަހައި މެޗު ކާމިޔާބު ކުރުމަށެވެ. މި މެޗުން ސްކޫޕްކަންމަތި މޮޅުވީ ފަހުހާފުގެ ފަހު މިނިޓުގައި ޖެހި ލަނޑުންނެވެ.

ސްކޫޕްކަންމަތީގެ ލަނޑުތައް ޖަހައިދީފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 4 މުޙައްމަދު ޝިރުޙާނާއި ޖާޒީ ނަމްބަރު 10 މުޙައްމަދު އިންޝާލް އެވެ. އޭނާ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވައިފައިވަނީ ވެސް އޭނާއެވެ.

ވެންބޮޅޮ ޔުނައިޓެޑުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދީފައިވަނީ ޖާޒީ ނަމްބަރ 19 ޙުސައިންސުހައިލެވެ. އަނެއް ގޯލްޖެހީ ޖާޒީ ނަމްބަރު 8 މުޙައްމަދު ޙާފިޒެވެ.

މިމުބާރާތުގައި މާދަމާރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔަންގްވަންސާއި، އެފްސީ ޒިޔާރަތްފަންނަ އެވެ. މިމެޗު ފަށާނީ 9:30 ގައެވެ. ދެވަނަ މެޗުގައި ބައްދުކުރާނީ އެސްއެމްޓީއައި ކުލަބު ސްކަވެންޖާސްއެވެ.