English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގެ 2019/2018  ސީޒަންގެ ރަން އަންގި ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ އެލިސަން ހޯދައިފިއެވެ.

ޕްރިމިއާ ލީގުގައި މިސީޒަންގައި ލިވަޕޫލްއަށް މޮޅު ކުޅުމެއް ދައްކަމުންގެންދާ އެލިސަން ވަނީ މިސީޒަންގައި ކުޅުނު 38 މެޗުގެ ތެރެއިން 21 މެޗުގައި ބައިކޮޅަށް ލަނޑެއް ނުވައްދައު މެޗު ނިންމާލާފައެވެ.

ޕްރިމިއަ ލީގުގައި މިސީޒަންގައި ލިވަޕޫލްއަށް މޮޅު ކުޅުމެއް އެލިސަން ދައްކަމުންގެންދާއިރު އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް ޖާގަ ހޯދުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

ލީގުގައި ރޭ މިސީޒަންގެ ފަހު މެޗުގައި ލިވަޕޫލުންއިން ވުލްވްސް 2-0 ލަނޑުން ބަލި ކުރި ނަމަވެސް 29 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ލީގު ހޯދަން ލިވަޕޫލް ކުރި މަސައްކަތް ފެނަށް ދިޔައީ ރޭ ލީގުގެ ފަހު މެޗުގައި މެންޗެސްޓަ ސިޓީ ބަރައިޓަން 4-1 ލަނޑުން ބަލި ކުރުމުންނެވެ.

ލިވަޕޫލުން އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ތަށި އެންމެފަހުން ނަގާފައި ވަނީ ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރުމުގެ ކުރިން 1990 ވަނަ އަހަރުއެވެ. އޭގެ ފަހުން ލިވަޕޫލަށް ލީގު ނެގިފައިނުވާ އިރު މިއީ އެޓީމަށް ލިބުނު އެންމެ ބޮޑު ފުރުސަތެވެ.ސިޓީން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ 98 ޕޮއިންޓާއެކު ހޯދި އިރު ލިވަޕޫލްއަށް ލިބިފައިވަނީ 97 ޕޮއިންޓެވެ.

2004/2005 ވަނަ ސީޒަންގައި ޕްރިމިއަ ލީގުގައި ދޭން ރަން އަންގި އެލިސަން ކާމިޔާބުކުރުމާއި އެކު އޭނާ ވެގެން ގޮސްފައިވަނީ ޕްރިމިއަ ލީގުގެ މޮޅު ގޯލް ކީޕަރުގެ މަގާމު ހޯދި ބްރެޒިލްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޕްރިމިަ ލީގުގެ ރަން އަންގި  މިއަންގިއަކީ މުޅި ސީޒަންގައި ބައިކޮޅަށް ލަނޑެއް ނުވަދެ އެންމެ ގިނަ މެޗު ފުރިހަމަ ކުރާ ކީޕަރަކަށް ދެވޭ އަންގިއެކެވެ.އެލިސަން އާއި އެންމެ ގާތުން މިމަގާމައަށް ވާދަ ކޮށްފައިވަނީ ސިޓީގެ ކީޕަރު އެޑާސަންއެވެ.އެނާ ވަނީ ބައިކޮޅައަށް ލަނޑެއް ވަދެ ނުދީ 20 މެޗު ފުރިހަމަ ކޮށްފައެވެ.

މިއަންގި މިހާތަނަށް ކާމިޔާބުކުރި ކުޅުންތެރިންގެ ތެރޭގައި ޕެޕެ ރެއިނާ،ޕީޓާ ޗެކް ،ވޮޖިޚް ސްޓެންސްނީ  އަދި މިދިޔަ ސީޒަންގައި މިއަންގި ޙާސިލްކޮށްފައިވާ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ފަހަރު މިމަގާމު ހާސިލު ކޮށްފައިވަނީ ތިން ރަން އަންގި ހޯދާފައިވާ ރެއިނާއެވެ.