“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެ ދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޙާއްސަކޮށްލަނީ ކޮފީމިލްކްޝޭކް ތައްޔާރު ކުރާނެގޮތް
ބޭނުންވާތަކެތި:
1/2 ސަމްސާ ކޮފީ
1/2 ޖޯޑު ފިނިކުރި ކިރު
3 ސްކޫޕް ވެނީލާ އައިސްކްރީމް
ކޮކޯޕައުޑަރ ނުވަތަ ޗޮކްލެޓް ސިރަޕް
2 ސައިސަމްސާ ހަކުރު
ތައްޔާރުކުރާނެގޮތް:
ބްލެންޑަރަށް ކޮފީ،ކިރު، ހަކުރު ވެނީލާއައިސްކްރީމް ޗޮކްލެޓް ސިރަޕް ނުވަތަ ކޮކޯޕައުޑަރ އަޅާފައި އޮލަވަންދެން ގިރާލާށެވެ. އެއަށްފަހު ބިއްލޫރި ތައްޓަކަށް އަޅާފައި ވިޕިންގް ކްރީމް ނުވަތަ އައިސްކްރީމް ސްކޫޕެއް އެޅުމަށްފަހު ކޮކޯ ޕައުޑަރ އިން ޑަސްޓްކޮށްލާށެވެ.