English Edition
Dhivehi Edition
މިނިސްޓަރު ސާހިދާ ރޫމޭނިއާގެ ޕްރައިމް މިނިސްޓަރުގެ ބައްދަލު ކުރެއްވުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ޔޫރަޕްގެ ޤައުމުތަކުން ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޝްވަރަކުރައްވައިފިއެވެ.

މިނިސްޓާ އޮފް ފޮރިން އެފެއާސް އަބްދުﷲ ޝާހިދު ރޫމޭނިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ވައިސް ޕްރައިމް މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ޕާޓްނަރޝިޕްސް އިމްޕްލިމެންޓޭޝަން އަނާ ބަރޗޯލްއާގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ މި ކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވަވާފައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދާއި ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރވަނީ، ރާއްޖެއާއި ޔޫރަޕުގެ ޤައުމުތަށް، އަދި ވަކިން ޚާއްސަކޮށް ރޫމޭނިއާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާ ބައްދަލުވުން ތަކުގައި އިޔޫއިން ރާއްޖެއަށް އިންވެސްޓުމެންޓުތައް ގެނައުމާއި، ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގަމުންދާ 24 ޕަސެންޓު ޑިއުޓީ ކުޑަ ކުރުމުގެ އިތުރުން ޔޫރަޕަށް ދިއުމަށް ނަގަންޖެހޭ ވިސާއާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއާއި، ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތުގެ ދާއިރާއިންނާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާގެ އިތުރުން ތައުލީމާއި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ރޮނގުންނާއި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވަވާފައެވެ.

ފޮރިން މިނިސްޓަރ ރުމޭނިއާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލްއާގެ އިތުރުން އެ ޤައުމުގެ ސެކެޓްރީ އޮފް ދަ ސްޓޭޓް އޮފް ބިޒްނަސް އެންވާރަމެންޓް ގެބްރިއެއްލާ މިހެއިލާ ވޮއިސިލާއާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

އަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖެއާއި ރުމޭނިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނުތާ 40 އަހަރުފުރޭނެއެވެ.