English Edition
Dhivehi Edition

ޑާކްޗޮކްލެޓް ނުކާ މީހަކު ހުރިނަމަ މިހާރުންފެށިގެން ޑާކްޗޮކްލެޓް ކާން އާދަކުރާށެވެ. އެއީ އެއްގޮތަކަށް ވެސް ނުކައި ދޫކޮށްލެވޭ ވަރުގެ އެއްޗެއް ނޫންކަމަށް ދިރާސާތަކުން ދައްކައިފިއެވެ. އެހެނީ އެ ދިރާސާގައި ބުނަނީ  ޑާކްޗޮކްލެޓުން ހަށިގަނޑަށް އެތައް ފައިދާއެއް ކުރާކަމަށެވެ. ޑާކް ޗޮކްލެޓަކީ ކޮކޯ ގަހުގެ އޮށުން އުފައްދާފައިވާ އެއްޗަކް ވާއިރު ކޮކޯ އޮށަކީ އޭގައި އެންމެ ބޮޑަށް އެންޓިއޮކްސިޑެންޓް ހިމެނޭ އެއްޗެކެވެ. ތިރީގައި މިވަނީ ޑާކްޗޮކްލެޓުން ހަށިގަނޑަށް ލިބިދޭ 5  ފައިދާއެއް:

1 – އިމިއުން ސިސްޓަމް ވަރުގަދަކޮށްދޭ

ޑާކްޗޮކްލެޓަކީ އޭގައި އެންޓިއޮކްސިޑެންޓް ހިމެނޭ އެއްޗެކެވެ. އެހެން ކަމުން އާންމުކޮށް ޖެހޭ ބަލިތަކުން ސަލާމަތް ކުރުމަށް އިންސާނާގެ އިމިއުން ސިސްޓަމް ވަރުގަދަ ކޮށްދެއެވެ. އިމިއުންސިސްޓަމް ވަރުގަދަ ވެއްޖިއްޔާ އާންމުކޮސްޖެހޭ ވައިރަލް ބަލިތަކާ މީހާދުރުކޮށް ދުޅަހެޔޮ ސިއްހަތެއް މަތީ ދަމަހައްޓައިދެއެވެ.

2 – ހަންގަނޑު އަވިން ސަލާމަތް ކޮށްދޭ

ޑާކްޗޮކްލެޓްގައި ހުންނަ ބަޔޯއެކްޓިވް ކޮމްޕައުންޑް ތަކުން ހަންގަނޑުގެ މައްސަލަތަކަށް ފަރުވާލިބެއެވެ. އެގޮތުން އިރުގެ ދޯދިން ހަންގަނޑަށް ދިމާވާ މައްސަަތަކާއި ބްލަޑްފްލޯ ރަނގަޅުކޮށްދީ ހަނގަނޑުގެ ޑެންސިޓީ އިތުރުކޮށް ޑީހައިޑްރޭޓް ވުމުން ކޮންޓްރޯލް ކޮށްދެއެވެ.

3 -ލޭގެ ޕްރެޝަރ ރަނަގޅުކޮށްދޭ

ދިރާސާތަކުން ދައްކާގޮތުގައި ޑާކްޗޮކްލެޓުން ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅުކޮށްދީ ލޭގެ ޕްރެޝަރ ދަށްކޮށްދެއެވެ. އެހެންނަމަވެސް ޑާކްޗޮކްލެޓަކީ އޭގައި ވަރަށް ގިނައިން ހަކުރު އެކުލެވޭ އަދި 600 ކެލޮރީސް ހިމެނޭ އެއްޗަކަށް ވުމުން ބައެއްހާލަތް ތަކުގައި ޗޮކްލެޓް ކެއުން ރަނގަޅެއްނޫނެވެ.

4- ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ޑާކްޗޮކްލެޓްގައި ހިމެނޭ މާއްދާއަކުން ހިތުގެ ބަލިތަކުން ދިފާއު ކޮށްދެއެވެ. މި ޗޮކްލެޓްގައި އެލްޑީއެލް ނުވަތަ ކޮލެސްޓްރޯލްގެ ނުރައްކާތެރި ބާވަތް ހަށިގަނޑުގައި އުފެދި ފެތުރުމުން ދުރުކޮށްދޭ މުހިންމު މާއްދަތަކެއް އެކުލެވިގެން ވެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑަށް ދިމާވާ ކޮލެސްޓްރޯލް އަދި ހިތުގެ މައްސަލަތަކުން ހިމާޔަތްކޮށްދެއެވެ.

5- ނިއުޓްރިޝަން

ކޮލިޓީ ޑާކްޗޮކްލެޓެއް ނަމަ އޭގައި ވަރަށްގިނަ އަދަދަކަށް ނިއުޓްރިޝަން އެކުލެވެއެވެ. އެގޮތުން ފައިބަރ އަދި ގިނައަދަދަކަށް މިެނރަލަސް ހިމެނެއެވެ. މީގެ އިތުރުން ގިނައަދަދެއްގެ ޕޮޓޭޝިއަމް، ޒިންކް، ސެލެނިއަމް އަދި ޕޮސްޕެރަސް ހިމެނެއެވެ. މިހުރިހާ މާއްދާތަކަކީ ވެސް ހަށިގަނޑަށް އެންމެ ބޭނުން ވާ މާއްދާތަކެވެ.