ފައިތިލަ ފަޅައިގެން ދިޔުމާއި ނުބައިވަސް ދުވުމަކީ ވަރަށް ގިނަމީހުނަށް ދިމާވާ އުނދަގޫ މައްސަލައެކެވެ. ފައިތިލަ ފަޅައިގެންދާ މައްސަލަ ހުންނަ މީހެއްނަމަ އެކަމަށް ފަރުވާ ހޯދުމަކީވެސް ވަރަށް އުނދަގޫ ކަމެކެވެ. އާންމުގޮތެއްގައި ފައިތިލަ ފަޅައިގެން ގޮސް ފައިތިލަ ހަލާކުވަނީ ފައިތިލައިގައި ހިމެނޭ ބޯހަންގަޑަކީ ތެތްކަން ހިފަހައްޓައިނުދޭ ހަންގަނޑަކަށް ވާތީ ކަމަށް ހަމުގެބަލިތަކުގެ މާހިރުން ބުނެއެވެ.
ތިރީގައި މިވަނީ ފައިތިލަ އެއްކޮށް ހަލާކު ނުވަނީސް އަދި ހަލާކު ވުމަށްފަހު ފައިތިލަ ތީތިކޮށް ބެހެއްޓުމަށް ގޭގައި ގުދުރަތީ ސާމާން ބޭނުން ކޮށްގެން ދެވިދާނެ ފަރުވާތެކެވެ.
1- ކޮފީ ފޫޓް ސްކްރަބް
2 މޭޒުމަތީ ސަމްސާ ކޮފީ، 1 މޭޒުމަތީ ސަމްސާ ހަކުރު އަދި 1 މޭޒުމަތީ ސަމްސާ ކާށިތެޔޮ އެއްކޮށްފައި މި ސްކްރަބް ތައްޔާރު ކޮށްލުމަށްފަހު ދެ ފައިތިލައިގައި އުނގުޅާފައި 15މިނެޓް ވަންދެން މަސާޖް ކުރުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.
2- ހަނީ އެންޑް ބްރައުން ޝުގާ ސްކްރަބް
1/4 ބްރައުން ޝުގާ، 2 މޭޒުމަތީ ސަމްސާ މާމުއި އަދި 1 މޭޒުމަތީ ސަމްސާ ކާށިތެޔޮ މިކްސް ކޮށްފައި ސްކްރަބް ތައްޔާރު ކުރާށެވެ. މި ސްކްރަބް ފައިތިލައިގައި އުނގުޅާފައި 25 މިނެޓްވަންދެން މަސާޖް ކުރުމަށްފަހު ފަޔަށް ކެތްވާވަރު ހޫނުފެނުން ފައިތިލަ ދޮންނާށެވެ. މި ސްކްރަބް މަހަކު އެއްފަހަރު ބޭނުން ކުރާށެވެ.
3- އޯޓްމީލް ސްކްރަބް
2 މޭޒުމަތީ ސަ،މްސާ އޯޓްމީލް އަދި 3 މޭޒުމަތީ ސަމްސާ ފެން އެއްކޮށްފައި ސްކްރަބް ތައްޔާރު ކުރާށެވެ. މި ސްކްރަބް ފައިތިލައިގައި އުނގުޅުމަށްފަހު 10 މިނެޓްވަންދެން މަސާޖްކުރުމަށްފަހު ދޮވެލާށެވެ. މި ސްކްރަބަކީ ފައިގައި މަރުވެފައި އަދި ކަޅުވެފައި ހުންނަ ހަންގަނޑު އެއްކޮށް ސާފުކޮށް ރީތިކޮށްދޭ ސްކްރަބެކެވެ.
4- ބަނާނާ ޕެކް
މި ޕެކްއަކީ ފައިތިލަ ތާޒާކޮށްލުމަށް ވަރަށް ރަނގަޅު ޕެކްއެކެވެ. ދޮންކެޔޮ ފައިތިލައިގައި އަދި ނިޔަފަތި ކައިރީގައި ރަނގަޅަށް އުނގުޅާފައި 20 މިނެޓް ވަންދެން މަސާޖު ކުރަމުން ގެންދާށެވެ. ދެން ތާފަނާފެނުން ފައިތިލަ ދޮވެލާށެވެ.
5- އޮލިވް އޮއިލް
އޮލިވް އޮއިލްއަކީ އޭގައި ހަންގަނޑު ތާޒާކޮށް މަދުކޮށް ބެހެއްޓުމަށް ބޭނުންވާ މާއްދާތައް އެކުލެވޭ ތެލެކެވެ. ކަފަކޮޅެއްގައި ތެޔޮހާކާފައި ވަށްބުރަކަށްވާ ގޮތަށް ފައިތިލަ 20 މިނެޓްވަންދެން މަސާޖު ކުރަމުންގެންދާށެވެ. މަސާޖު ކުރުމަށްފަހު އިސްޓާކީނެއް ފަޔަށް އެރުވުމަށްފަހު 1ގަޑި އިރުވަންދެން ބަހައްޓާފައި ތާފަނާފެނުން ދޮވެލާށެވެ. މި ގޮތަށް މަހަކު 2 ފަހަރު މަސާޖު ކުރުމުން ނަތީޖާ ފެނިގެންދާނެއެވެ.