English Edition
Dhivehi Edition
ބިސްކީމިޔާ-- ފޮޓޯ ގޫގަލް

ބިސްކީމިޔާއަކީ ދިވެހިން ހަވީރުސަޔަށް ބޭނުންކުރާ މަގްބޫލް ހެދިކާއެކެވެ. ދިވެހިންގެ ތެރޭގައި ކުޅި އެއްޗިއްސަށް ލޯބިކުރާ ގިނަމީހުން ނަށް ވަރަށް ކަމުދާ އެއްޗަކަށް ބިސްކީމިޔާ ވަނީ ވެފައެވެ.

އެގޮތުން މިއަދު މިގެނެސްދެނީ ބިސްކީމިޔާ ގެ ރެސިޕީއެކެވެ.

ފިލިންގ އަށް ބޭނުންވާ ތަކެތި:

1 ސައިސަމްސާ ކުކިންގް އޮއިލް

150ގ ފިޔާ ހިމުންކޮށް ކޮށާފައި

300ގ ހުދު ކެބެޖް ކޮށާފައި

225ގ ވަޅޯމަސް ތުނިކޮށް ކޮށާފައި

2 ރަޒާ ތޮޅިމިރުސް ކުދިކޮށް ކޮށާފައި

1 ސައިސަމްސާ މުގުރި އަސޭމިރުސް

5 ބިސް ފެނުކައްކާ ކުދިކޮށް ކޮށާފައި

ލުންބޯހުތް

ހިކަންދިފަތް

ރަހަލާވަރު ލޮނުކޮޅެއް

ފުށްގަނޑު ތައްޔާރުކުރުމަށް:

450ގ ފުށް

1 ސަމްސާ ލޮނު

80މލ ކުކިންގ ތެޔޮ

1 ބިހުގެ ގޮބޮޅި ގިރާފައި

ހޫނުފެން

ފިލިންގ ތައްޔާރު ކުރާނެގޮތް:

ތަވަޔަށް ތެޔޮފޮދެއް އަޅާފައި ފިޔާ އެޅުމަށް ފަހު ރޯފިލަންދެން މަޑުގިނީގައި ދޭފަތުން ހަލުވަމުން ދާށެވެ. ފިޔާކޮޅު މޯޅިވީމަ ހިކަނދިފަތް އާޅާފައި މަޑުމަޑުން ހަލުވަމުން ކެބެޖްކޮޅު އަޅާފައި ކެބެޖް ރޯފިލީމާ ބާކީ ހުރި ތަކެތި އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާފައި ކުޑައިރުކޮޅެއްވަންދެން ކެއްކުމަށް ފަހު ބާލާށެވެ.

ފުށްގަނޑު ތައްޔާރުކުރަނެގޮތް:

ފުށް، ލޮނު، ތެޔޮ، ބިސް އެޅުމަށްފައު ހޫނުފެންފޮދަކުން ރަނގަޅަށް ފުށްގަނޑު މޮޑޭލާށެވެ.

ހައްދަވާނެގޮތް:

ފުށްގުޅަ ޖެހުމަށްފަހު ފަހަރަކު ގުޅައެއް ދެމުމަށް ފަހު، އޭގެ ތެރެއަށް އެތިކޮޅެއް އަޅައިފައި، ކީމިޔާ ގޮތަށް ބަންދުކޮށްލުމަށް ފަހު ތެއްލާނީ އެވެ.ނުވަތަ އަވަނުން ފިހެލާނީއެވެ.