English Edition
Dhivehi Edition

މިހާރު ބާޒާރުގައި އެންމެ ފަހުގެ އައިފޯނެއް ގަންނަން މިލިބެނީ ގާތްގަނޑަކަށް 800 އެމެރިކާ ޑޮލަރަށެވެ. މިވަރުގެ އަގެއްގައި ފޯނެއް ގަނެލުމަކީ ދިވެހިންނަށް މިހާރު އެހާ އުނދަގޫ ކަމަކަށް ނުވެއެވެ. އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯނު ގަތުމަށް މާލޭގައި ހަދާލި ކިއުއަށް ނަޒަރު ހިންގާލުމުން މިކަން ހާމަވެއެވެ.

ނަމަވެސް ކޮންމެ މަހަކު ކަރަންޓް ބިލަށް ދައްކަން ޖެހޭ 800 ރުފިޔާ އަހަރުމެންނަށް މިވަނީ ވަރަށް ބޮޑު އެއްޗަކަށެވެ. ނަމަވެސް ދިގުމުއްދަތަކަށް ބަލާއިރު މިއަގުގެ ކަރަންޓް ބިލަކަށް މީހެއްގެ އަތުން ފުދޭވަރެއްގެ ބޮޑު އެއްޗެއް ހޭދަވެއެވެ. ކޮންމެ މަހަކު ފޯނެއް ނުގަތް ކަމުގައި ވީނަމަވެސް ކޮންމެ މަހަކު ކަރަންޓް ބިލް ދައްކަން ޖެހެއެވެ.

މިޚަރަދު ކުޑަކޮށްލުމަށް އެންމެންވެސް މަސައްކަތް ކުރައެވެ. ނަމަވެސް މިކަމަށް އެދެވޭ ހައްލެއް ހޯދުމަށް އެއްވެސް މީހަކު މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ކަރަންޓް ބިލަށް މަހެއްގެ މައްޗަށް 800 ރުފިޔާ ހޭދަވާ ގެއަކަށް ދުވާލެއްގެ މައްޗަށް 5 ކިލޯ ވޮޓް ކަރަންޓް ބޭނުން ނުކުރެވޭނެއެވެ.

ފަންކާއެއްގެ ސައިޒުގެ ވިންޑް ޓާބައިން އަކުން މިހާރު މިމައްސަލަ ފަސޭހަ ކަމާއި އެކު ހައްލު ކުރެވިދާނެއެވެ. ގާތްގަނޑަކަށް 750 އެމެރިކާ ޑޮލަރަށް އިންޑިއާއިން ގަންނަން ލިބޭ ވިންޑް ޓާބައިން އަކުން ދުވާލަކަށް 5 ކިލޯވޮޓްގެ ކަރަންޓް އުފައްދައެވެ. މިއީ އެއްފަހަރާ ޚަރަދު ކޮށްލުމުން އޭގެ މަންފާ އެތަކެއް ދުވަހަކަށް ލިބިގެންދާނެ އަގު ހެޔޮ ވިންޑް ޓާބައިން އަކެވެ.

މިވައްތަރުގެ ވިންޑް ޓާބައިން މާލެއަށް އެހާ އެކަށީގެން ނުވި ކަމުގައި ވީނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ހަމަ މިވަރެއް ނެތެވެ. މީގެއިން އުފައްދާ ކަރަންޓުން އާދައިގެ ގެއަކަށް ބަރާބަރަށް ފުދޭނެއެވެ. މަސްނިމިގެން ދައްކާނެ ބިލެއް ނޮއޮންނާނެއެވެ.

އިންޑިއާގެ “އަވެންޓް ގާޑޭ” ކިޔާ ޓެކްނޮލަޖީ ކުންފުންޏަކުން މި ވިންޑް ޓާބައިން މިހާރު ވަނީ އުފައްދާ އިންޑިއާގެ ޓްރިވަންޑްރަމްގެ ފައްޅިއެއްގައި ބޭނުން ކުރަން ފަށާފައެވެ. މީގެ ކުރިން މީގެ ޓާބައިންގެ އަގު ވަރަށް ބޮޑު ނަމަވެސް މިހާރު އެމީހުންގެ މިއުފެއްދުމާކު ފަހުގެ އައިފޯނެއް ގަންނަން ލިބޭ އަގަށްވުރެ ކުޑަ އަގެއްގައި އެބަލިބެއެވެ.

އެހެންކަމުން ކަރަންޓަށް ދާޚަރަދު ކުޑަކުރުމަށް މީގެ ވިންޑް ޓާބައިން އެއް ހަރުކޮށްލުމަކީ މުހިއްމު ކަމަކެވެ. މީގެ ސަބަބުން ފަރުދީގޮތުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް މިއޮތީ މުހިއްމު ރޯލެއް އަދާކުރެވިފައެވެ. މީޑިއާ ޚަބަރުތައް ލިބޭ ގޮތުގައި މިވައްތަރުގެ ވިންޑް ޓާބައިން މިހާރު ދިވެހިން އެންމެ ގިންއިން ބޭސްފަރުވާއަށް ޒިޔާރަތް ކުރާ ޓްރިވަންޑްރަމްގައި ލިބެން އެބަހުއްޓެވެ. މިގޮތަށް އިންޑިއާއަށް ދާފަހަރަކުން މީގެ ވިންޑް ޓާބައިން އެއް ގަނެލައިގެން އައިސް ހަރުކޮށްލަމާ ހިނގާށެވެ. އޭރުން އެހެނިހެން ކަންތައްތައް ކުރުމަށް އިތުރު ފައިސް ރައްކާ ކުރެވޭނެއެވެ.