English Edition
Dhivehi Edition

ޒަމާނުއްސުރެ ދިވެހިނަކީ ވަކި ހަމަތަކެއް ގެންގުޅުނު ބައެކެވެ. އަދި ވަކި ކަހަލަ އުސޫލުތަކެއް ގެންގުޅުނު ބައެކެވެ. ގެންގުޅޭ ތަކެއްޗަށް އަމިއްލަ ދިވެހި ބަސްތަކެއް ކިޔައި އުޅުނު ބައެކެވެ. އެގޮތުން ބަލާއިރު ރާއްޖޭގެ އުތުރުން ދެކުނަށް ބެލިކަމުގައި ވިޔަސް އެކައްޗަކަށް ތަފާތު ނަންތައް ކިޔާފައި އެބަހުއްޓެވެ. މީގެތެރެއިން އެންމެ ނުގުޅޭ ނަން ކިޔާފައިވާ އެކައްޗަކީ މަސްރޮއްޓެެވެ.

އައްޑޫ ބަހުރުވައިން ‘މަސްފޮޅި’ ކިޔާއިރު ޅ.ނައިފަރު މީހުން މިއަށް ކިޔަނީ ‘ޖަޑު’ މިހެންނެ. ނަމަވެސް މި ދެ ނަން އެކައްޗަކަށް ކިޔުނީ ކީއްވެގެން ކަން ދިރާސާ ކުރުމުގެ ވިސްނުން މިވަގުތު ނެތެވެ. އެހެންނަމަވެސް ފޮތުގެ ބަހުން ކިޔާނަމަ މަސްރޮއްޓަށް ދިމާވެގެން އުޅޭ ކަމަކާއި ގުޅިގެން ވާހަކަ ދައްކާލާނަމެވެ.

އެންމެ ކުރީއްސުރެ ދިވެހިން ކެއުމަށް ބޭނުންކުރި މަސްރޮއްޓަކީ ވަކި ސައިޒަކަށް، ވަކި ބައްޓަމަކަށް، އަދި ވަކި ރަހައަކަށް ހަދަމުން ދިޔަ އެއްޗެކެވެ. އޭގެ ނަތީޖާ އަކަށްވީ ދިވެހިންގެ އާއްމު ކެއުންތަކުގެ ތެރެއަށް މަސްރޮށި ވަދެ އެއަށް ކަނޑައެޅިފައި އޮތް ޖާގަ ކަށަވަރު ކުރީ އެވެ. ހާއްސަކޮށް ހަވީރުގެ ސައިފޮދަށް މަސްރޮށި ނެތިއްޔާ ކަންތަކާ ޖެހުނީއެވެ. ހޮޓަލަކަށް ވަދެ އެއްޗެއް ކަޅެއް ބުނެލާއިރަށް މަސްރޮއްޓަކާއި ކަޅުސައި ތަށި ގެނައި ޒަމާން އައެވެ. ކޮންމެ ގޮތަކަށްވިޔަސް މަސްރޮށްޓަކީ ވަރަށް ޙާއްސަ ގަދަރެއް ދެވުނު އެއްޗެކެވެ. އަދި އެއީ ސުފުރާގެ ހަމަހިމޭންކަމާއި، ޒީނަތްތެރިކަން ގެނުވައި ދިން އެކައްޗެވެ.

މިއަދު ޖެހިގެން މިއުޅޭ މައްސަލައަކީ މަސްރޮށީގެ ރަހައަށް ބަދަލު އައި މައްސަލައެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ. އޭގެ ޤަދަރަށް ވެސް ބަދަލެއް އައީ އެއް ނޫނެވެ. ނަމަވެސް ކުއްލިއަކަށް މަސްރޮށީގެ ސައިޒު ތަފާތުވީ އެވެ. ކުރިން ދެއިނގިލިން ހިފާލެވޭ ގޮތަށް އޮތް މަސްރޮށީގެ ސައިޒު ބޮޑުވެ ދެއަތުން ހިފާލައިގެން ކާލެވޭ ވަރުވީއެވެ. ހަމަ އެއާއި އެކު އޭގެ އަގުވެސް އުފުލުނީއެވެ. ނަމަވެސް އޭގެ ރަހައަށް ބަދަލު ނައުމުން ފެންވަރު އަދިވެސް ހިފެހެއްޓިފައި ވެއެވެ.

މަސްރޮށީގެ ސައިޒަށް މި ބަދަލު އައީ ކިއްވެގެން ހެއްޔެވެ؟ ދިވެހިން އެކަމަށް ބޭނުންވީ ހެއްޔެވެ؟ ނުވަތަ ބައެއް ނުފޫޒު މިކަމުގައި އޮތީ ހެއްޔެވެ؟ މިއީ ޖަވާބު ހޯދުމަށް އުނދަގޫ ސުވާލެކެވެ. ނަމަވެސް ފެންނަފެނުމަށް މިކަމުގެ ހަގީގަތްވެސް ހޯދުމަށް އެހާ އުނދަގުލެއް ނޫނެވެ.

2000ގެ އަހަރުތަކަށް ދިވެހިން މަރުހަބާކީ ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިންނާއި އެކުގައެވެ. އެގޮތުން ދިވެހިންގެ ހުރިހާ މަސައްކަތަކަށް އެވެރިން ގެނައުމުގެ ނަތީޖާއަކަށްވީ މިފަދަ ބާވަތްތަކަށްވެސް ބޭރުގެ ނުފޫޒު ވަނީ އެވެ. ހާއްސަކޮށް ބަންގްލަދޭޝްގެ މުވައްޒަފަކު ނެތް ހޮޓަލެއް، ރެސްޓޯރެންޓެއް ނުވަތަ ހެދިކާ ހަދާ ތަނެއް ނުހުންނާނެއެވެ. ކަންމިހެން އޮތުމުން ދިވެހިންގެ މީރު މަސްރޮށިތައް ވެސް ހަދަން ޖެހުނީ ބަންގްލަދޭޝް މީހުންނަށެވެ.

ދެން ނިކަން ބަންގްލަދޭޝްގެ ކެއުންތަކަށް ބަލާލަމާހެއްޔެވެ؟ އެންމެ ފުރަތަމަވެސް އަޅައިގަންނަ އެކައްޗަކީ ބަންގްލަދޭޝްގެ ‘ކުއިސިން’ އެވެ. އެއީ ދިވެހި މަސްރޮއްޓާއި ދާދި އެއްގޮތަކަށް ހަދާފައި ހުންނަ އެއްޗެކެވެ. އަދި މިހާރު ދިވެހިން ކާން މިގެންގުޅޭ ސައިޒުގެ މަސްރޮއްޓާއި ސައިޒުން ބަލާއިރު ދާދި އެއްވަރެވެ. އެހެންކަމުން ދިވެހި މަސްރޮށްޓަށް މިއައީ މިގޮތަށް އައި ގަނޑުބޮޑުކުރުމެށް ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

ކޮންމެއަކަސް ދިވެހިން މިވަނީ މަސްރޮށީގެ ނަމުގައި ކޮންމެ ސައިޒެއްގެ އެއްޗެއް އަޔަސް އެއެއްޗެއް ބަލައިގަނެފައެވެ. ސައިޒަކީ ބަލަން ޖެހޭ އެއްޗެއް ނޫންކަން މިއަދުގެ ސައިފޮދު ސުފުރާތަކަށް ބެއްޔަސް ކަށަވަރު ވަނީ މިހެންވެއެވެ. ދިވެހިންނަކީ ރަހައަށް އިންސާފު ކުރާ ބައެކެވެ. ސައިޒު އޮތީ އޮޅިފައެވެ. ނަމަވެސް ކޮންމެ ސައިޒަކަށް އޮތަށް މަސްރޮއްޓެއް ކާލަން ބޭނުންވެއެވެ.

1 ކޮމެންޓް
baagubeydhaa
އޭޕްރީލް 22, 2019
Kudhiney naifaru meehun jadu kiyanee masrohtaka noon Jadu eh e gulha eh ge gothah thelulaafa kudakoh fathaakoh hunnaehcye.