English Edition
Dhivehi Edition

ލިޔުނީ: ނާއިލް

މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް އޭނާގެ ފިރިމީހާއާއި ވަކިވެއްޖެކަން އަޑޭލްގެ މޭނޭޖްމެންޓް ޓީމުން ކަށަވަރުކޮއްދީފިއެވެ.

މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ އެޑެލް ،ފަސް އަހަރުވަންދެން އެކުގައި އުޅުމަށް ފަހު ސައިމަން ކޮނެކީ އާއި ކައިވެނި ކޮއްފައިވަނީ 2016 ވަނައަހަރުގައެވެ.

އަޑޭލް އަކީ އަބަދުވެސް ޒަވާޖީ ހަޔާތް ވަރަށް ސިއްރުކޮށް ގެންގުޅޭ ފަންނާނެކެވެ. އެގޮތުން އޭނާގެ ކައިވެނި ކުރިކަންވެސް އެނގިގެން ދިޔައީ 2017 ވަނަ އަހަރު ގްރެމީއެވޯޑްސްގައި ކޮނެކީއަށް ފިރިމީހާގެ ލަގަބުން މުހާތަބު ކުރުމުންނެވެ.

ދެމީހިންގެ ދަރިފުޅު އެންޖެލޯ 2012 ވަނަ އަހަރު އުފަން ވެފައިވާއިރު ، ދެމީހުން ވަކިވިއަސް ދެމީހުންވެސް ބޭނުން ވަނީ ލޯތްބާއި އަޅާލުން ދީގެން ދަރިފުޅުބެލުމަށް ކަމަށް މިދިޔަހުކުރުދުވަހު މީޑިއާއި މުހާތަބުކުރަމުން އެމީހުން ބުނެފައިވެއެވެ.

އަޑޭލްގެ އެންމެ ފަހުން ރިލީޒް ކުރިވިފައިވާ އަލްބަމަކީ 2015 ގައި ރިލީޒް ކުރެވުނު 25 އެވެ. މިއުޒިކަށް ލޯބި ކުރާ ގިނަ މީހުން ތިބީ އޭނާގެ އާ އާލަވަތަކެއް ރިލީޒް ކުރާނޭ ދުވަހަކަށް ކެތްމަދުވެފައެވެ.