English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް

ދިވެހިބަހުގެ ދުވަސް، ކުލަގަދަކޮށް ސ.އަތޮޅު ސްކޫލުން ފާހަގަކޮށްފި އެވެ.

އިއްޔެ ހެނދުނު ބޭއްވި ޚާއްޞަ އެސެމްލީއެއްގައި މިދުވަސް ފާހަގަކޮށްފައިވަނީ ސްކޫލްގެ ދިވެހި ކްލަބް (ޑީ.އެލް.އޭ)ގެ ފަރާތުންނެވެ.

މި ޚާއްޞަ އެސެމްލީގައި ވާހަކަދައްކަވަމުން ސްކޫލްގެ ދިވެހި ޑިޕަރޓްމެންޓްގެ އެޗް.އޯ.ޑީ ވަނީ އަމިއްލަ ބަހަށް ސަމާލުވާން ޖެހޭކަން ދަރިވަރުންނަށް ބުނެދެއްވާފައެވެ. އަދި ބަހަށް ކުރާ އިޙްތިރާމު އިތުރުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ދުވަސް ފާހަގަކުރުމަށްޓަކައި އެކިއެކި ޙަރަކާތް ކުރިއަށް ގެންދިޔައިރު، އެންމެެ ފުރަތަމަ ގެންދިޔައީ ލަފުޒު ހޯދުމުގެ ހަރަކާތެކެވެ. އޭގެފަހުން އިނގިރޭސި ޕްރޮވާރބްސްތައް ދިވެހި އަދަބީ ބަސްތަކަށް ބަަދަލުކުރުމުގެ ޙަރަކާތަކާއި ލަފުޒު ހެދުމުގެ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ. މީގެ އިތުރުންވެސް ގިނަ ޙަރަކާތްތައް ވަނީ ބާއްވާފައެވެ. އަދި އެންމެ މޮޅު 3 ކްލާހަށް އިނާމު ދީފައިވާއިރު، 1ވަނައަށް ގޮސްފައިވަނީ 10-ބީ އެވެ. އަދި 2ވަނައަށް ގޮސްފައިވަނީ 9-ބީ އެވެ. ހަމައެއާއިއެކު އެންމެ ހިތްވަރުގަދަކޮށް މަސައްކަތްކުރި ކްލާސް، އަދި 3 ވަނަ ކުލާހަކަށް ހޮވިފައިވަނީ 7-އޭގެ ކްލާހެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރަނީ ބަހަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރެވިދާނެ ގޮތްތައް ދެެނެގަތުމަށެވެ. މި ދުވަސް ނިސްބަތްވަނީ ދިވެހިބަހުގެ ފުންނާބު އުސް އަދީބު، އަލް މަރުހޫމް ފަޟީލަތުއްޝައިޚް ސހުސައިން ސަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހަށެވެ. ކޮންމެ އަހަރެއްގެ އޭޕްރީލް 14ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިބަހުގެ ދުވަހަށެވެ.