English Edition
Dhivehi Edition

ލިޔުނީ: ޝަފްޤާ

ލިކަމެކް ޕްރައިވެޓް ލިމިޓެޑް އިން ބާއްވާ ނައިޓްމާކެޓް ބުދަދުވަހު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ދަރުބާރުގެ ބޭރު އަދި ހޯލް ހިމެނޭ ގޮތަށް ބާއްވާ މި ނައިޓްމާކެޓްގައި ހުރިހާ ސްޓޯލްއެއްވަނީ އެއްކޮށް ވިކިހުސްވެފައެވެ.
ރޯދަމަހާއި ދިމާކޮށް ބާއްވާ މިނައިޓް މާކެޓް އިންތިޒާމްކުޜާ ލިކަމެކް ކުންފުނިން ވިދާޅުވީ މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޑޯ ނައިޓްމާކެޓް ކަމަށެވެ. މި މާކެޓް ކުރިޔަށް ދާނީ 17 އެޕްރީލް 2019 އިން 26 އެޕްރީލް 2019 އަށެވެ.

ނައިޓްމާކެޓް ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 17 އެޕްރީލް ވަނަ ދުވަހު ހަވީރު 16.00 އިން 23.00 އަށެވެ. އަދި މިމަހު 18 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމަޔަށް މެންދުރު 14.00 އިން ފެށިގެން 23.00 އަށް ކަމަށެވެ.އަދި 26 ވަނަ ދުވަހު މެންދުރު 1400 އިން 18.00 އަށް ކަމަށެވެ.
ކޮންމެ ދުވަހަކުވެސް 18.00 އިން ފެށިގެން 20.00 އަށް އާއްމުންނަށް ނައިޓް މާކެޓް ބަންދުވާނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

މިއީ ދިވެހިރާއްޖޭގައި މިފަދަ އިންޑޯ މާކެޓްއެއް ބާއްވާ ފުރަތަމަ ފަހަރުކަމަށާއި މިމާކެޓްގައި ބައިވެރިވެފައިވާ ފަރާތްތަކަށް ފާސްދޫކުރެމުން ދާއިރު މިމާކެޓަށް ސްޓޯލް ނަގާފައިވާ ފަރާތްތަކުން ދަނީ މިކަމަށް ވަރަށް ފުރހިމައަށް ތައްޔާރު ވަމުން ކަމަށް ލިކަމެކް އިން މައުލޫމާތު ދެއެވެ.