English Edition
Dhivehi Edition

ލިޔުނީ: ފާތިމަތު މިންހާލް އަހުމަދު / ޝަމްސުއްދީން ސްކޫލް

ދިވެހި ބަހުގެ ދުވަސް ޝަމްސުއްދީން ސްކޫލުގައި އިއްޔެ ފާހަގަ ކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލްގައި ވަނީ ހާއްސަ އެސެމްބުލީއެއް ބާއްވާފައެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިދިޔަ ހަފުތާގެ ދިވެހި ގަޑީގައި، ދިވެހިބަހާއި ގުޅޭ ތަފާތު ހަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބަހުން ބަސްހެދުން، އިމްލާ ލިޔުން، ރީތިލިޔުން، ހެއްވާ މަޖާ ޚަބަރު ކިޔުމާއި ވާހަކަ ފޮތް ހެދުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިހަރަކާތްތަކުން ވަނަވަނައަށް ދިޔަ ދަރިވަރުން ފާހަގަކޮށް އެކުދިންނަށް މިއަދުގެ އެސެމްބްލީގައި ސެޓްފިކެޓް ދިނުން އޮތެވެ.

އަދަބީ ގުލްޒާރުގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ އެސެމްބުލީގައި، ގްރޭޑް 6ގެ ދަރިވަރުންގެ ފަރާތުން ވާހަކައެއް ހުށަހަޅައިދިނުން އޮތެވެ. މިވާހަކަ ހުށަހެޅީ “އެބައުޅޭ އެބައުޅޭ” ޕްރޮގްރާމް ގައި ވާހަކަ ހުށަހަޅައިދޭ ގޮތަށެވެ.

ދުވަހާ ގުޅޭގޮތުން ވާހަކަދެއްކީ ގްރޭޑް 4 ގެ ދަރިވަރު މަރިޔަމް މަލީހާ ހަލީމެވެ. މަލީހާގެ ވާހަކައިގައި ދިވެހި ބަހުގެ މުހިއްމުކަމާއި، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމާއި ބެހޭގޮތުން ވާހަކަދެއްކިއެވެ.