English Edition
Dhivehi Edition

މިހާރު ނިއު އޯލިއެންސް ގައި ކުރިއަށްދާ ޖިމްނާސްޓިކް ޗެމްޕިއަންސްޝިޕް 2019ގައި ސަމަންތާ ފްލޯ ރޫޓިން އެއް ފަރިތަކުރަނިކޮށް ވެއްޓި ދެފައި ބިނދިއްޖެއެވެ.

ސަމަންތާގެ ދެފައި ބިނދިފައިވަނީ މިދިޔަ ހުކުރުދުވަހުގެ ރޭގެވަގުތެއްގައެވެ. ފައިބިންދައިގެން ދިޔުމާއި ގުޅިގެން އޭނަގެ ކޯޗު ބުނީ، އޭނަގެ ދެފައިގެ ސާޖަރީ ހެދީ މިދިޔަ ހޯމަދުވަހުކަމަށެވެ. “ސަމަންތާ އަކީ ފައިޓަރ އެއް، އޭނަގެ ދެފައިވެސް ވަނީ ކަކުލުހުޅުން ބިންދައިގެން ގޮސްފައި ކަމަށް ޑޮކްޓަރުން ބުނި” ނިއުސް ޑޮޓްކޮމް އަށް ދިން އިންޓަވިއު އެއްގައި ކޯޗް ބުންޏެވެ. ކޯޗުބުނީ ސަމަންތާގެ ފައި ބިނދުނީ ހޭންޑްސްޕްރިންގ ޑަބަލް ފްރޮންޓް ފްލިޕް އެއް ހަދަނިކޮށް ފައި ނުބައިކޮށް ބިންމަތީގައި ޖެހިގެންނެވެ.

އުމުރުން 22 އަހަރުގެ ސަމަންތާ ސީރިއޯ ގެ ދެފައިބިންދައިގެން ދިޔުމާއި ގުޅިގެން އޭނާ ވަނީ ކުޅިވަރުގެ ދާއިރައިން މިހާރު ރިޓަޔަރ ކޮށްފައި ކަމަށް އޭނާ ވަނީ ޓްވިޓަރ މެދުވެރިކޮށް އެކަން އަންގާފައެވެ. އޭނަގެ ޓްވިޓަރ މެސެޖްގައި ބުނެފައިވަނީ، މިދިޔަ ހުކުރުދުވަހަކީ ޖިމްނާސްޓް އެއްގެ ގޮތުގައި އޭނާ ފެނިގެން ދާނެ އެންމެ ފަހުދުވަސް ކަމަށާއި، 18 އަހަރަށް ފަހު މި ކުޅިވަރު މިހާރު އޭނާ ހުއްޓާލީ ޖިމްނާސްޓިކް ގައި އެންމެ އެދެވޭ މަގާމް ހާސިލް ނުވެވިކަމަށެވެ. އެހެން ނަމަވެސް އޭނައަށް މި ކަންތަކުގައި އުޅެވުނު ދުވަސްތަކުގައި ވަރަށް ގިނަ ކަންތައް ދަސްވެފައި ވާކަމަށް އޭނަގެ މެސެޖްގައި ވެއެވެ. އަދި އޭނައަށް މިފުރުސަތު ދެއްވީތީ އޭނަވަނީއެމެރިކާގެ އީސްޓް އަލްބާމާގައި ހުންނަ އާބަން ޖިމްނަސްޓިކް އަށް ޝުކުރުއަދާކޮށްފައެވެ. އަދި އަބަދުވެސް ކުޅިވަރަކީ އޭނަގެ ފުރަތަމަ ލޯބިކަމަށް ބުނެފައި ވެއެވެ.

ސަމަންތާ އޭނަގެ ލޯބިވެރިޔާ އާއެކު

ސަމަންތާވަނީ ފައިބިންދައިގެން ދިޔުމުން އޭނައަށް އެވަގުތު އަވަސް ފަރުވާ ދިން “ދަ އާބަން އެތްލެޓިކްސް ޑިޕާޓްމެންޓް” އަށް ޝުކުރު އަދާކޮށްފައެވެ.

ސަމަންތާ ސީރިއޯ އަކީ ޖިމްނާސްޓް އެއްގެ އިތުރުން އާބަން ޔުނިވާސިޓީގައި އޭރޯސްޕޭސް އިންޖިނިއަރިން ކިޔަވަމުން އަންނަ ސީނިއާ ދަރިވަރެކެވެ. ހުކުރުދުވަހު އޭނަގެ ދެފައި ބިންދައިގެން ދިޔައިރު އޭނާދިޔައީ އަންނަ މޭއިމަހު ލޯބިވެރިޔާ އާއި ކައިވެނިކުރުމަށް ވެސް ތައްޔާރުވަމުންނެވެ.