English Edition
Dhivehi Edition

ރޯ ލޮނުމެދު ކެއުމުން ވިސްނުންތޫނުވެ މުސްކުޅި އުމުރަށްދާއިރުވެސް ވިސްނުން ކޮށިވުމުގެ މަގު ކުޑަކޮށްދޭކަމަށް ދިރާސާތަކުން ދައްކައިފިއެވެ

އެގޮތުން އުމުރުން ދުވަސް ވުމުން ދިމާވާ ހަނދާންނެތޭ ބަލި އަދި ތުރުތުރު އަޅާބަލީގެ އިތުރުން ވާގިނެތޭބަލި ޖެހުން ލޮނުމަދު ކެއުމުން ދުރުކޮށްދޭކަމަށް މިދިރާސާގައި ބުނެފައި ވެއެވެ. އެމެރިކާގެ ސައިންޓިސްޓުން ކުރި މިދިރާސާގައި ބުނެފައިވަނީ، ލޮނުމެދުގައި އެކުލެވޭ ބާވަތެއް ކަމަށްވާ “އަލާއިލް ސަލްފައިޑް” އަކީ ބަނޑު ތެރޭގައި އުފެދޭ ބެކްޓީރިއާ ކޮންޓްރޯލް ކޮށް އުމުރުން ދުވަސްވީމާ ދިމާވާ ބަލިތަކަށް ވަރަށް ރަނގަޅު މާއްދާއެއް ކަމަށެވެ.

މިދިރާސާއާއި ބެހޭގޮތުން ޔުނިވާސިޓީ އޮފް ލޮއިސްވިލް ގެ ޑރ. ޖޮއިޓިރމަޔާ އަދި ޑރ ނީތޫ ތަޔާގީ ބުނެފައިވަނީ އެމީހުންގެ ހޯދުންތަކުން ވެސް ލޮނުމެދުގައި އެކުލެވޭ އަލާއިލް ސަލްފައިޑް އިން ހާއްސަކޮށް މުސްކުޅި އުމުރުގައި ދިމާވާ ބޮޑެތި މައްސަލަތަކަށް ފަރުވާ ލިބެއެވެ. މިދިރާސާ ހެދުމަށް ޔުނިވާސިޓީގައި ވަނީ މީދާ ބޭނުން ކޮށްގެންޓެސްޓް ތައްހަދާފައެވެ.

ދިރާސާކުރި ޓީމުންވަނީ އުމުރުން 24 އަހަރުގެ މީދަލެއް ބޭނުން ކޮށްގެން ނާއި އުމުރުން ދުވަސްވީ މީދަލެއް ބޭނުންކޮށްގެން މިޓެސްޓް ހަދާފައެވެ. މިދިރާސާއަށް ފަހު ޓީމުން ބުނެފައިވަނީ އުމުރުން ހަނގު މީދަލަށް ވުރެން ދުވަސްވީ މީދަލުގެ ލޯންގްޓާމް އަދި ޝޯޓް ޓާމް މެމޮރީ ރަނގަޅު ކަމަށެވެ.

ލޮނުމެދު ބޭނުންކޮށްގެން އިންސާނުން ތަފާތު ބަލިތަކަށް ފަރުވާ ހޯދާތާ މިހާރުވަނީ އަހަރުތަކެއް ވެފައެވެ. ދާދި ފަހުން ޔުނިވަރސިޓީ އޮފް ނޮޓިންގަމްގެ ސައިންވެރިން ލޮނުމެދާ ބެހޭގޮތުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ހަށިގަނޑުގައި އުފެދޭ ގޭހުގެ އިތުރުން އުރަމައްޗަށާއި ބަނޑަށް ޖެހޭ ކެންސަރު ބައްޔާއި ޓައިޕް-2 ޑައިބެޓިކް އަށް ލޮނުމެދަކީ ވަރަށް ރަނގަޅު ފަރުވާ އެއްކަމަށެވެ. މީގެ އިތުރުން ގަވާާއިދުން ލޮނުމެދު ކެއުމަކީ ލޭގެ ފުރެޝަރު ދަށްކޮށް ދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި އަހަރުތަކެއް ކުރިންވެސް ލޮނުމެދަކީ ކަންފަތުގައި ރިއްސުމަށްވެސް މީހުން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އެގޮތުން ކަންފަތުގައި ރިއްސާނަމަ ލޮމުމެދެއް ބުރިކުރުމަށްފަހު ކަންފަތަށް ޖަހައެވެ.

ލޮނުމެދަކީ އޭގެ ރަހަ ކިތަންމެ ނުބަޔަސް އޭގައި ގިނަ އަދަދަކަށް ވިޓަމިންސް އަދި މިނަރަލްސް އެކުލެވޭ އެއްޗެކެވެ. މިގޮތުން މެގްނީސިއަމް، ވިޓަމިން ބީ6، ވިޓަމިން ސީ ގިނަ އަދަދަކަށް ލޮނުމެދުގައި ހުރެއެވެ.