English Edition
Dhivehi Edition

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕާޓީގެ ކެންޑިޑޭޓުންނަށް ހޭދަކުރާނެ ލާރިކޮޅެއް ނުލިބިގެން އުޅުއްވާ ކަމަށް ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ޔާމީން މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ފައިސަލްގެ ކެމްޕެއިނަށް އެ އަވަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންނާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެކައުންޓްތައް ގަވައިދާ ހިލާފަށް ފްރީޒްކޮށްފައި ހުރުމުގެ ސަބަބުން ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިންއަށް ހަރަދު ކުރުމަށް އަދިވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށެވެ.

“އެކައުންޓްތައް ފްރީޒްކޮށްފައި ހުރީ ގަވައިދާ ހިލާފަށް. އަޅުގަނޑަށް މި އުޅެނީ، ޕާޓީގެ ކެންޑިޑޭޓުންނަށް ހޭދަކުރާނެ ލާރިކޮޅެއް ނުލިބިގެން. މިއީ ތޯ އިންތިޚާބު ކާމިޔާބު ކުރާ ގޮތަކީ؟” ޔާމީން ވިދާޅުވި އެވެ.

އަދި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މާފުށީ ޖަލުގައި ބަންދު ކުރީ އެއްވެސް ޖަރީމާއެއް ހިންގައިގެން ނޫން ކަމަށާއި ނަމަވެސް އެމަނިކުފާނު ގެ ސަރުކާރުގައި ސިޔާސީ ލީޑަރުންނާއި އެހެން މީހުން ޖަލަށް ވަދެފައި ހުރީ ބޮޑެތި ޖަރީމާތައް ހިންގައިގެން ކަމަށެވެ.