English Edition
Dhivehi Edition
އުރީދޫ މޯލްޑިވްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- އުރީދޫ

ފުރަތަމަ ފަހަރަށް ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ޚިދުމަތް، އުރީދޫއިން ތައާރަފް ކޮށްފިއެވެ.

ޑިޖިޓަލް ރާއްޖެ އަކަށް އެއްބާރުލުންދީ، ދިވެހި މުޖުތަމައު އަށް ފައިދާކުރާ އައު އީޖާދުތައް ތައާރަފް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އުރީދޫ އިން މިޚިދުމަތް ތަޢާރަފްކޮށްފައިވަނީ މިއަދު އުރީދޫ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިޚިދުމަތް ތައާރަފްކުރުމަށް ފަހު ވާހަކަ ދައްކަވަމުން އުރީދޫގެ ޑައިރެކްޓަރ ނެޓްވޯކް އައި ޕްލޭނިން ޝަބީން އަލީ ވިދާޅުވީ“ވޮއިސް އޮވާ އެލް.ޓީ.އީ” ނުވަތަ “ވީ.އޯ.އެލް.ޓީ.އީ”ގެ ޚިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ، ބައިނަލްއަޤްވާމީ މުވާސަލާތީ ދާއިރާގެ ފަހުގެ ކުރިއެރުމެއް ކަމަށެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ 4ޖީ ނެޓްވޯކުން ކުރާ ކޯލްތައް އެޗްޑީކޮށް ލިބޭނީ އެ ފީޗާ ސަޕޯޓު ކުރާ ފޯނެއް ބޭނުން ކުރާ ނަމަ ކަމަށެވެ. އެގޮތުން ސެމްސަންގު އަދި ވާވޭގެ ބައެއް މޮޑެލް ތަކަށާއި އައިފޯނު 6 އިން ފެށިގެން ފަހުގެ ފޯނުތަކަށް މި ފީޗާ ސަޕޯޓު ކުރާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫގެ 4ޖީ+ ވިއުގަބޭނުންކޮށްގެން ގުޅާލަދޭ އެޗް.ޑީ ވޮއިސްގެ ޚިދުމަތުގެ ފެންވަރު ރަގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް ޝަބީން ވިދާޅުވިއެވެ. އެގޮތުން 4ޖީ+ ނެޓްވަރކުގެ އެހީގައި، ކޯލުގެ ފެންވަރާއި، ސާފު ކަމަށް ފާހަގަކުރަނިވިބަދަލުތަކެއް އައުމާއި، ކޯލު ގުޅާލުމަށް ދާ ވަގުތު ކުޑަވެ، ދެތިން ސިކުންތުކޮޅެއް ތެރޭގައި ކޯލް ކަނެކްޓުވުމުގެ އިތުރުންފޯނުކޯލެއްގެ މެދުތެރޭގައި ވެސް، 4ޖީ+ ޑޭޓާ ބޭނުން ކުރެވޭނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.

އެޗްޑީ ވޮއިސްގައި ޕަވާ ކޮންޓްރޯލްގެ އެޑްވާންސް ފީޗާ ތަކެއް ހިމެނޭ ކަމަށާއި އެޗްޑީ ވޮއިސް ހިދުމަތަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް އުރީދޫން ބުނެއެވެ.

މިޚިދުމަތާއި ގުޅޭ ގޮތުން އުރީދޫގެ ސީ.އީ.އޯ، ނަޖީބް ޚާން ވިދާޅުވީ މިއަދު ރާއްޖެއަށް މި ތައާރަފް ކުރި އެޗް.ޑީ ވޮއިސްގެ ސަބަބުން އުރީދޫ ނެޓްވަރކް މެދުވެރިކޮށް ކުރާ ކޯލުތަކުގެ ފެންވަރު ވަރަށް ފުރިހަމަވެ، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަގަޅުވެގެންދާނެ ކަމަށެވެ.