HIgh courtun raees Yameen minivan koffi - AO News HIgh courtun raees Yameen minivan koffi

ކޮވިޑް 19ކަވަރޭޖް

6,573,568CONFIRMED
3,170,532RECOVERED
3,014,995ACTIVE
388,041DEATHS
1850CONFIRMED
644RECOVERED
1199ACTIVE
7DEATHS
ހައިކޯޓުން ރައީސް ޔާމީން މިނިވަންކޮށްފި
1 އަހރު ކުރިން

ތަހުގީގު ނުނިމެނީސް ޖަލު ބަންދުގައި 30 ދުވަހަށް ވުރެ އިތުރު މުއްދަތަކަށް ބަހައްޓަން ނުފެންނާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
ހައިކޯޓުން ކުރީގެ ރައީސް ޔާމީން މިއަދު ޖަލު ބަންދުން މިނިވަންކޮށްފައިވަނީ އެމަނިކުފާންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފްގެ އަޑުއެހުން މިއަދު މެންދުރު ފަހު 2:30 ގައި ހައި ކޯޓުގައި ކުރިއަށް ގެންދިއުމަށްފަހު އެވެ.

Advt

Advertisement

ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އެމަނިކުފާނުގެ މައްޗަށް ދައުވާކޮށް ދައުލަތުން އެ ކޯޓަށް ހުށަހެޅި މަނީ ލޯންޑަރިން މައްސަލައިގެ ހެކީންނަށް އެމަނިކުފާނު ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ.

ބަންދު އަމުރުގެ މައްސަލަ ހައިކޯޓުގައި ކުރިން ބެއްލެވީ ގާޒީ ހުސެން ޝަހީދު އާއި އަބްދުއްރައޫފު އިބްރާހިމް އަދި ގާޒީ ހަސަން އަލީ ރިޔާސަތުގައި އިންނަވައިގެންނެވެ. އެހެން ނަމަވެސް މިއަދު ވަނީ ރައޫފްގެ ބަދަލުގައި އިސް ފަނޑިޔާރު ޝުޖާއު އުސްމާން ބެންޗަށް ހަމަޖައްސައިފައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގެ އެއްވަނަ ނަންބަރާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ 13 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގެ ދަށުން ކަމަށްވުމުން މިދެ މާއްދާގެ ދަށުން މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމަށް ހައިކޯޓުގެ އަމުރުގައި ވެއެވެ. އެގޮތުން އެ މުއްދަތު މި މަހުގެ 18 ވަނަ ދުވަހަށް ހަމަވެފައިވުމުން ރައީސް ޔާމީން މިނިވަން ކުރަން ހައިކޯޓުގެ އަމުރުގައި ވަނީ އަންގާފައެވެ.

މިއަދު ހައިކޯޓަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، ރައީސް ޔާމީންގެ ބަންދުގެ އަމުރު ހަގީގަތުގައި ވެސް އޮތީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި ރައީސް ޔާމީން ތަފާތު ދެ މައްސަލައެއްގައި ބަންދު ކުރެވިގެން ދިޔައިރު، އެމަނިކުފާނު ބަންދުކޮށްފައިވަނީ ވުޖޫދުގައި ވެސް ނެތް ކަންތައްތަކެއްގެ މައްޗަށް ކަމަށްވެސް ޝިޔާޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކުރި އަމުރު ހައިކޯޓުގައި އެމަނިކުފާނުގެ ގާނޫނީ ޓީމުން އިސްތިއުނާފު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ފެށީ މިމަހުގެ 12 ވަނަ ދުވަހުއެވެ.