English Edition
Dhivehi Edition

ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިލެކްޝަން ސެކިއުރިޓީ ކޮމާންޑާ ޗީފް ސްޕްރިންޓެންޑެންޓް އަބުދުﷲ ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނާއި އެއްކޮށް އިލެކްޝަންގެ ސަލާމަތީ ހުރިހާ ކަންކަން ފުލުހުން ބަލަހައްޓަމުންދާނެ ކަމަށެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުގައި ވޯޓް ލުމަށް ހަމަޖެހިފައިވާ ގައުމުތަކުގައި ބަހައްޓާ ވޯޓް ފޮށިތަކާއި ވޯޓް ކަރުދާސްތައް ފޮނުވުމުގައި އިންތިޒާމްތައް ހަމަޖައްސައި ވޯޓް ލުމަށް ހަމަޖެހިފައިވާ ތަންތަނުގެ ސަލާމަތީ ކަންކަން އިލެކްޝަން ކޮމިޝަނާ އެއްކޮށް ބަލަހައްޓަމުންދާނެ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ޝަކުވާތަކާއި ގުޅިގެން މިފަހަރު ވާނީ ކުރީ ފަހަރުތަކަށްވުރެ ސެކިއުރިޓީ ވަރުގަދަކޮށްފައި ކަމަށެވެ.އަދި މިފަހަރު ސެކިއުރިޓީ ރޫމް ތެރެއަށް ފުލުހުންނަށް ނޭންގި އެއްވެސް މީހަކު ނުވަދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަނަށް ވަންނަ ކޮންމެ މީހަކީ އެމީހެއްގެ މައުލޫމާތު ވަގުތުން ވަގުތަށް ނޯޓް ކުރެވި، ރެކޯޓް ކުރެވިގެންދާ މައުލޫމާތުތަކަކަށް ވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ.