English Edition
Dhivehi Edition

ވިހެއުމުން ހަ މަހުގެ ޗުއްޓީ ދޭން ނިންމި ފުރަތަމަ އަމިއްލަ ކުންފުންޏަކަށް ހެޕީ މާކެޓް ވެއްޖެ އެވެ.

ހެޕީ މާކެޓުން މިރޭ ބުނީ ހަ މަހުގެ ޗުއްޓީއެއް އަންހެން މުވައްޒަފުންނަށް ދޭން ނިންމުމުގެ އިތުރުން އަނބިމީހާ ވިހެއުމުން ފިރިންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދޭން ވެސް ނިންމާފައިވާ ކަމަށެވެ.

ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހްސާން ވިދާޅުވި ގޮތުގައި އެ ކުންފުނިން ހަ މަހުގެ ޗުއްޓީއެއް ދޭން ނިންމީ މަސައްކަތް ކުރާ ހީވާގި މަންމައިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.


ސަރުކާރުގެ މުވައްޒަފުންނަށް މި ޗުއްޓީ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވަނީ އެ ޗުއްޓީ ދޭން ފައްޓަވާފަ އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް އެ ޗުއްޓީ ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.

އެއާ ގުޅިގެން ވަރަށް ގިނަ ސަރުކާރު ކުންފުނިތަކުން ވަނީ ހަ މަހުގެ ޗުއްޓީ ދޭން ނިންމާފަ އެވެ. އެކަމަކު، އަމިއްލަ ކުންފުންޏަކުން މި ނިންމުން ނިންމި މިއީ ފުރަތަމަ ފަހަރެވެ.