English Edition
Dhivehi Edition
ހދ. ނޮޅިވަރަންގެ މަގެއް - ފޮޓޯ: ސަން
އެރަށު ސިއްޚީ މަރުކަޒު ހިންގެވުމާއި ހަވާލުވެގެން ހުންނެވި ހަބީބާ އާއި ހަވާލާދީ އޮންލައިން ނޫހެއްކަމަށްވާ “ފެށުން” ގައި ރިޕޯޓް ކޮށްފައި ވާގޮތުގައި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދެއްވި ނަމަވެސް މިވަގުތު އިތުރު މައުލޫމާތު ދެވެން ނެތްކަމަށް އެފަރާތާ ހަވާލާދީ އެނޫހުގައި ބުނެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެޒުވާނާއަކީ އެރަށު ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. ޝަރީފް ދަންޖެހިފައި ހުއްޓާ މިއަދު މެންދުރު 12:30 ހާއިރު ފެނުނު އިރު އޭނާ މަރުވެފައިވަނީ ނިދާކޮޓަރީގައި ބެޑްޝީޓެއް ފަންކާގައި އައްސައިގެންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އެއްޗެެއް ވިދާޅެއް ނުވެއެވެ.