ރ. އަލިފުށީގެ ސިއްހީ މަރުކަޒު ވަރަށް އަވަހަށް ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ ކަމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވެއްޖެއެވެ
މިފަހަރުވެސް ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އަލިފުށީ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ރަޝީދު މިހެން ވިދާޅުވީ ރޭ އަލިފުށީގެ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި މުހައްމަދު ރަޝީދު ވިދާޅުވީ އަލިފުއްޓަށް ދިމާވެފައިވާ ސިއްހީ ކަންތައްތަކުގެ މަޝްވަރާތައް ހެލްތް މިނިސްޓަރުއާއި އެކު ކުރައްވާފައިވާ ކަމަށެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާކަމަށް މުހައްމަދު ރަޝީދުވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މުހައްމަދު ރަޝީދު ވިދާޅުވީބަދަލެއް ގެންނަން ވޯޓު ދެއްވަންޏާ، ދެއްވަންވީ ތަރައްޤީގެ ބަދަލު އަންނަ އޮތް މިންވަރަށް ބަލާފައި އެ ބަދަލުތަކަށްކަމަށެވެ. އަދި ޖިލީހުގެ މެޖޯރިޓީ ހޯދުން އެމްޑީޕީ ކެންޑިޓޭޓުންނަށް މުހިންމު ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބި ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.