English Edition
Dhivehi Edition

އައްޑޫސިޓީގެ މަރަދޫ ގޯދިއްޔާ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހު އައްޑޫގައި ބާއްވާ “ގޯދިއްޔާ ފުޓްސަލް ކަޕް 2019” ގެ ޕްރިންޓިން ޕާޓްނާރ އަކަށް ކޮންޓްރޯލް ޕީ ހަމަޖައްސައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ގޯދިއްޔާގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ނައިބްރައީސް އަޙްމަދު ނާދިރެވެ. ކޮންޓްރޯލް ޕީ ގެ ފަރާތުން ސޮއިކުރެއްވީ ކުރެއްވީ މެނޭޖިންގ ޑައިރެކްޓަރ ތާއިފް މަޖީދެވެ.

ޕްރިންޓިން ޕާޓްނާރގެ ގޮތުން ކޮންޓްރޯލް ޕީ އިން މި މުބާރާތް ކުޅޭ ފުޓްސަލް ދަނޑުގެ ވަށައިގެން ބަހައްޓާ ހުރިހާ ބޯޑުތަކެއް ހަދައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ގޯދިއްޔާ ފުޓްސަލް ކަޕަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަތާ ގިނަ ދުވަސްވީ ފޯރި ގަދަ މުބާރާތެކެވެ. މި މުބާރާތުގެ ޕްރިންޓިން ޕާޓްނާރގެ ގޮތުގައި ކޮންޓްރޯލް ޕީ އިން ކޮންމެ އަހަރަކު ވެސް މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަ ކޮށްލެވެއެވެ. ކޮންޓްރޯލް ޕީ އަކީ އައްޑޫގައި ކުރިއަށް ގެންދާ މި ފަދަ ގިނަ މުބާރާތްތަކެއްގައި ޕްރިންޓިން ޕާޓްނަރ ގެ ގޮތުގައި މަސައްކަތް ކޮށް މީހުންގެ އިތުބާރު ހޯދާފައިވާ ، އައްޑޫގައި މިވަގުތު އެންމެ ފެންވަރު ރަނގަޅުކޮށް ޕްރިންޓިން މަސައްކަތް ކޮށްދޭ ހަމައެކަނި ތަނެވެ.

އަންނަ މޭއި މަހުގެ 12 އިން ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ އިރު ، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށްފަހު 30 މާޗުގެ ހަވީރު 16:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ނެގުމަށް ގޯދިއްޔާއިން ވަނީ އެދިފައެވެ. އަދި މިއަހަރު ގުރުއަތުގައި ބައިވެރިވާންޖެހޭ ޓީމުތަކުން ގުރުއަތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށްފަހު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގޯދިއްޔާ އޮފީހަށް ހުށަހެޅުމަށް ވެސް ޖަމިއްޔާއިން ވަނީ އާންމުކޮށް އަންގާ އިއުލާންކޮށްފައެވެ.

ގޯދިއްޔާ ފުޓްސަލްކަޕްގައި ބައިވެރިވުމަށް އެދޭ ފޯމާއި ގުރުއަތުގައި ބައިވެރިވުމަށް އެދޭ ފޯމު މާޗު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ގޯދިއްޔާ އޮފީހުން ލިބެން ހުންނާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅަން ޖެހެނީ 7797840، 9944567 އަދި 9924041 ނަމްބަރަށެވެ،