English Edition
Dhivehi Edition

އައްޑޫސިޓީގައި ފެށުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ގިނަ ޕްރޮޖެކްޓްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އައްޑޫ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ރޭ މަރަދޫގައި ބޭއްވި އެމްޑީޕީ ޖަލްސާގައި ސޯބެ ވިދާޅުވީ އައްޑޫ ދޫކޮށް ހިޖުރަކޮށްފައިވާ ދާއިރާގެ ރައްޔިތުން އަބުރާ ގެނައުމަށް ވެސް މި މަޝްރޫއުތައް އަވަހަށް ފެށެންޖެހޭކަމަށެވެ. މި ގޮތުން އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ހައްލު ކުރުމާއި، މަގުތައް ހެދުމާއި، ހޮސްޕިޓަލް ތަރައްގީ ކުރުން ފަދަ މުހިއްމު އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ސޯބެ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީސް މެމްބަރުން ބައިވެރިވެ ވަޑައިގަތް މި ޖަލްސާގައި ސޯބެވަނީ އްޑޫ ސިޓީގެ ހުރިހާ ރައްޔިތުން އެޕްރީލް ހަ ވަނަ ދުވަހު ނިކުމެ އެމްޑީޕީގެ ހަތް ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް އެދި ވަޑައިގެންފައެވެ.