English Edition
Dhivehi Edition

ޒަމާނާއެކު ދިވެހިންގެ ކެއުމުގެ އާދަކާދަ އަށް އައި ބަދަލާއެކު ‘ގްރީން ޓީ’ އަކީ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. ބަރުދަން ލުއިކޮށް ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށްޓަކައި ކޮންމެ ދުވަހަކު ގްރީން ޓީ ބޭނުންކުރާ މީހުން ގެ އަދަދު އަންނަނީ ގިނަވަމުންނެވެ.އެކަމަކު އުފެދޭ ސުވާލަކީ ގްރީން ޓީ މި ބޭނުންކުރެވެނީ އެންމެ ރަގަޅަށް ތޯއެވެ. ދުނިޔޭގެ ސިއްހަތާއި ބެހޭކަންތައްތައް ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދަނީ އާންމު ގޮތެއްގައި ގިނަ މީހުން ގްރީންޓީ ބޭނުންކުރަމުންދަނީ ރަގަޅަށް ނޫންކަމުގައެވެ. އަދި މިކަމުގެ ސަބަބުން މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.

ގްރީންޓީ ބޭނުން ކުރާ މީހުން ވިސްނާލަން މުހިއްމު 06 ކަމެއް ޑޮކްޓަރުންވަނީ ފާހަގަކޮށްފައެވެ. އަދި މިކަންތަކަށް ސަމާލުވެ ގްރީން ޓީ ބޭނުންކުރާނަމަ އޭގެ ނަތީޖާ ފެންނަ ގޮތް އަވަސްވެ ސިއްހަތަށްވެސް ފައިދާކުރާނެ ކަމަށް އެ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

  • ގްރީން ޓީ ބޭނުންކުރާ ގިނަ މީހުންނަކީ އަވަހަށް ނަތީޖާ ނެރުމަށްޓަކައި ދުވާލަކު ފަސް ހަތަށި ގްރީން ޓީ ބޯ މީހުންނެވެ. ދުވާލަކު ދޭއް ނުވަތަ ތިން ތައްޓަށްވުރެ ގިނައިން ގްރީން ޓީ ބުއިމުން ސިއްހީ ގޮތުން ގިނަ ގެއްލުންތައް ލިބެއެވެ. އެހެންކަމުން ދުވާލަކު ތިން ތައްޓަށްވުރެ ގިނައިން ގްރީން ޓީ ނުބުއިމަށް ސަމާލުކަން ދޭން ޖެހެއެވެ.
  • ހުސް ބަނޑާ ހުރެ ތެދުވާ ގޮތަށް ގްރީން ޓީ ބުއިމަކީވެސް ރައްކާތެރި ގޮތެއް ނޫނެވެ. އެހެންކަމުން ގްރީން ޓީ ބުއިމުގެ ކުރިން ހޫނު ފެނަށް ލުބޯ އާއި މާމުއި އަޅާލައިގެން ބޯލުން މާ ފައިދާ ބޮޑެވެ.
  • ކެއުމަށް ފަހު ވަގުތުން ގްރީން ޓީ ބުއިމުން ވައިގެ މައްސަލަތައް ދިމާވެ މީހާއަށް އުދަގޫ ތަކާ ކުރިމަތިވެއެވެ. އެހެންކަމުން ކެއުމަށްފަހު ގްރީން ޓީ ބޯނަމަ ތިރީސް ނުވަތަ ސާޅީސްފަސް މިނިޓް ފަހުން ގްރީންޓީ ބުއިން ރަގަޅެވެ.
  • ގްރީން ޓީ ބުއިމުން ގިނައިން ފާހާނައަށް ދިއުމުގެ ސަބަބުން މީހާ ޑީހައިޑްރޭޓްވުން އެކަށީގެންވެއެވެ. އެހެންކަމުން ގްރީން ޓީ ބުއިމަށްފަހު ގިނައިން ފެން ބޯން އާދަކުރަންޖެހެއެވެ.
  • ގްރީން ޓީ ބޭގް ދެ ފަހަރަށްވުރެ ގިނައިން ބޭނުން ނުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި އަވަހަށް ނަތީޖާ ނެރުމަށްޓަކައި ގްރީންޓީ ފަތް ބޭނުން ކުރުމަކީ އެންމެ ރަގަޅުގޮތެވެ.