އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ، ބިރުދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހަނެއް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.