English Edition
Dhivehi Edition
އިންޑިއާގެ ޕައިލެޓް، އަބިނަންދަން ވާތަމަން

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ޕާކިސްތާނުން ބުދަ ދުވަހު ވައިގެމަގުން ހަމަލާތަކެއްދީ އިންޑިއާގެ ދެ ބޯޓެއް ވައްޓާލައި ޕައިލެޓަކު ހައްޔަރު ކޮށް އޭނައަށް އެކިވަރުގެ އަނިޔާތައް ޕާކިސްތާނު ރައްޔިތުން ދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފިއެވެ.

“ޓީއޯއައި” ގައި ބުނެފައި ވާގޮތުގައި އިންޑިއާގެ އެއާފޯސް އިން ޕާކިސްތާނުގެ ވައިގެ ސަރަހައްދު ތެރެއަށް އަންގާރަ ދުވަހު ވަދެ ދިންހަމަލާތަކުގައި އިންޑިއާގެ ޕްލައިޓް MiG-21 ވައްޓާލައި އޭގައި ހުރި ޕައިލެޓް “އަބިނަންދަން” ހައްޔަރުކޮށް ޕާކިސްތާނު މީހުން ވަނީ އޭނައަށް ބޮޑެތި އަނިޔާތައް ކޮށްފައެވެ. އެގޮތުން އޭނަގެ ދެއަތާއި ދެފައި ބަނދެ އޭނަގެ ގައިގައި ޔާއި މޫނުގައި ތަޅާ އަނިޔާކޮށްފައި ވެއެވެ. އިންޓަނެޓަށް ދޫކޮށްލާފައި ވާ ވީޑިއޯ އެއްގައި ފެންނަ ގޮތުން ޕާކިސްތާންގެ އާންމުންގެ ބަޔަކުޕައިލެޓް އަބިނަންދަން އަށް އެކިވަރުގެ އަނިޔާތައް ދެމުން ގެންދަނިކޮށް ޕާކިސްތާނުގެ ފުލުހުން ވަނީ އެކަން ހުއްޓުވައި އޭނަ ހައްޔަރުކޮށްގެން ގޮސް ފުލުސްއޮފީހުގައި ބަންދުކޮށްފައެވެ.

އިންޓަނެޓްގައި އިންޑިއާގެ ޒުވާން ޕައިލެޓް ގެ 3 ވީޑިއޯއެއް ދައުރުވަމުން ދާއިރު ދެވަނަ ވީޑިއޯގައި ފެންނަނީ، ޕާކިސްތާން ފުލުސް އޮފީހުގައި ޕައިލްޓާއި ސުވާލު ކުރަމުންގެންދާތަނެވެ. ޕާކިސްތާން ފުލުހަކު ވަނީ އެވީޑިއޯގައި އޭނަގެ ނަމާއި ސާރވިސް ނަމްބަރ އޮޅުންފިލުވާފައެވެ. އަދި އިތުރަށް ސުވާލުކުރުމުން އަބިނަންދަން ވަނީ އިތުރު މައުލޫމާތު ޙިއްސާކުރެވެން ނެތްކަމަށާއި އެކަމަށް މާފަށް އެދޭކަމަށްވެސް ބުނެފައެވެ.

އިތުރު ވީޑިއޯއެއްގައި އަބިނަންދަން ބުނެފައިވަނީ އޭނަޔަށް ޕާކިސްތާން ރައްޔިތުން އަނިޔާކުރިނަމަވެސް ފުލުހުން ވަރަށް ރަނގަޅުކަމަށާއި އޭނަގެ ހާލު ރަނގަޅުކަމަށެވެ.

ޕާކިސްތާން އެމްޕީ އިމްރާން ޚާންވެސް ވަނީ ޕާކިސްތާންގެ ފުލުހުންގެ ބެލުމުގެ ދަށުގައި އިންޑިއާގެ ޕައިލެޓް އަބިނަންދަން ހުރިކަން ކަށަވަރުކޮށްދީފައެވެ. މިމައްސަލާގައި މުޅި އިންޑިއާ މިހާރު ދަނީ ޕައިލެޓް ދޫކޮށް ދިނުމަށް ޕާކިސްތާނު ސިފައިންނަށް އެދެމުންނެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ދިން ހަށި ގޮއްވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ މި ހަމަލާ ދިން ޖައީޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތް ދޭ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.