English Edition
Dhivehi Edition

އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ނަން މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނަގަން ނިންމީ އޭނާ އެދިވަޑައިގަތުމުން ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މުގައްރިރު، ރޮޒައިނާ އާދަމް އެ ކޮމެޓީން ނަން ނެގުމުން އެ ކޮމެޓީގެ އާ މުގައްރިރަކަށް މިހާރު ހަމަޖައްސާފައިވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ. ކޮމެޓީގެ މުގައްރިރަކަށް ޖުމްހޫރީ ޕާޓީގެ ރިޔާޒު އައްޔަން ކުރެއްވީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ވޯޓާއެކު، ހަތް ވޯޓުންނެވެ. އެ ކޮމިޓީގައި 11 މެމްބަރުން ތިއްބަވާއިރު ދެން ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި އެމްޑީއޭގެ މެމްބަރެކެވެ.

ރޮޒެއިނާގެ ނަން އެ ކޮމެޓީން އިއްޔެ ނެގީ މުގައްރިރުކަމުން ރޮޒޭ ވަކިކުރަން ހުށަހަޅާފައި އޮއްވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލަ ،މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނުބެލޭނެ ކަމަށް ނިންމުމުން މުގައްރިރުކަމުން ރޮޒައިނާ އާދަމް ވަކިކުރުމަށް އެދި ހުށަހެޅީ ޕްރޮގްރެސިވް ކޯލިޝަނުން ނެވެ.

މި މައްސަލައާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ ޝަރީޔަތުގައި އޮތް މައްސަލައަަކާއި ގުޅިގެން މަޖިލީހުގައި މައްސަލައެއް ކުރިއަށް ނުގެންދެވޭނެކަމަށާ ކުރިންވެސް މަޖިލީހުގައި ކަންކަން ކޮށްފައިވަނީވެސް އެގޮތަށްކަމަށެވެ.

“ކިތަންމެ ވަރަކަށް ބިރުދެއްކިޔަސް އަދި އިތުބާރުނެތްކަމުގެ ވޯޓް ނެގިޔަސް، ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި، އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރުވޭނެ. އަދި ރައީސް ޔާމީން ހައްޔަރުކުރި މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޕީޖީއާއި ސީޕީ ހާޒިރުކުރުމަށް ހުށައެޅި މައްސަލަ ބެލޭނީ ކައުންސެލާރ ޖެނެރަލް ލަފާ ދެއްވުމުން” ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.