ކަޕިލް ޝަރްމާގެ ޝޯވް އެއްކަމަށްވާ، ”ދަ ކަފީލް ޝަރްމާ ޝޯ”ގެ ދާއިމީ ގެސްޓް، ނަވްޖޫތް ސިންހް ސިއްދޫ އަށް ސަޕޯޓް ކުރުމާއި ގުޅިގެން އެކްޓްރެސް ޝިލްޕާ ޝިންދޭ އަށް ރޭޕްގެ އިންޒާރު ތަކެއް ލިބެމުންދާ ކަމަށް އޭނާ ބުނެފިއެވެ.
ކަޝްމީރުގައި އިންޑިއާގެ ސިފައިންނަށް އަމާޒުކޮށް ދިން ޖާނުންފިދާވުމުގެ ހަމަލާގައި އިންޑިއާ ސިފައިންގެ 44 މީހުން މަރުވި މައްސަލާގައި ޕާކިސްތާނު ކުއްވެރި ނުކުރުމުން މަޝްހޫރު ކޮމެޑީ ޝޯވ، ”ދަ ކަފީލް ޝަރްމާ ޝޯ”ގެ ދާއިމީ ގެސްޓް، ނަވްޖޫތް ސިންހް ސިއްދޫ ވަނީ އެ ޝޯވ އިން ވަކިކޮށްފައެވެ.
އެމައްސަލަ އާއި ގުޅިގެން ޝިލްޕާ ޝިންދޭވަނީ ޓެރެރިސްޓް ހަމަލާއާއި ގުޅިގެން ޕާކިސްތާން އެކަނި ކުށްވެރި ނުކުރެވޭނެ ކަމަށާއި ސިއްދޫ އެބުނީ ރަނގަޅު ވާހަކަ އެއްކަމަށް ބުނެ އޭނައަށް ވެސް ސަޕޯރޓް ކޮށްފައެވެ.
“ޓީއޯއައި” އަށް ދިން އިންޓަވިއު އެއްގައި ޝިލްޕާބުނީ، “އަހަންނަށް ހީވަނީ ސިއްދޫ ޖީ އެބުނީ ހަމަ ރަނގަޅު ވާހަކަ އެއްހެން.އަހަންނަކަށް ހިޔެއްނުވޭ ބައެއް ޓެރެރިސްޓުންގެ މިއަމަލުގައި ހަމަ އެކަނި މުޅި ޕާކިސްތާން ކުށްވެރިކުރަން ޖެހޭހެން. މި ހަމަލާ އަކީ އަސްލު ވަރަށް ނުރައްކާތެރި ހިތާމަވެރި ހަމަލާއެއް. އެކަމަކު މުޅި އެގައުމު ކުށްވެރިކުރަންޖެހޭނެ ހެން އަހަންނަށް ހިޔެއްނުވޭ” ޝިލްޕާ ބުނެޏެވެ.
ޝިލްޕާ މިހެން ބުނުމާ އެކީ އޭނައަށް ރޭޕްގެ އިންޒާރު ތައް ލިބެންފެށިއެވެ. އެހެން ނަމަވެސް ޝިލްޕާބުނީ، ރޭޮޕް އޭ ބުނެގެން އޭނަ ބިރެއް ނުގަންނަ ކަމަށާއި އެހެން ބުނެގެން ގޭގެ ހަތަރު ފާރު ތެރޭގައި ބަންދު ވެފައި އޭނާ ނުހުންނާނެ ކަމަށެވެ. “އަންނަށް މީގެ ކުރިން ވެސް ވަނީ އޮންލައިން މެދުވެރިކޮށް އަހަރު ތަކެއް ވަންދެން އެކި ކަހަލަ އިންޒާރުތައް ލިބިފައި. އަހަރެން އެއްވެސް ބިރެއްނުގަނޭ. އިންޒާރަކަށް ފަރުވާލެއް ނެތް” ޝިލްޕާ ބުންޏެވެ.
މީގެ އިތުރުން ޝިލްޕާ ބުނީ އިންޑިޔާގައި މިކަހަލަ އިންޒާރުތަށް އޭނައަށް ލިބެމުން އަޔަސް އޭނައަށް އޭނަގެ ރައްކާތެރިކަން އެއްދުވަހަކުވެސް އޮތް ކަމަކަށް ގަބޫލް ނުކުރާކަމަށެވެ. ” އެމީހަކު ބޭނުން އެއްޗެއް ބުންނަވީ އަހަރެމެން ގެ ޤައުމުގަ ކޮބާ އެއްވެސް މީހަކަށް ރައްކާތެރިކަން ލިބިފައި” ޝިލްޕާ އިންޓަވިއުގައި ބުންޏެވެ.
އިންޓަވިއު ނިންމާ ލަމުން ޝިލްޕާ ބުނީ ކޮންމެ މީހަކު އޭނައާ ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނަސް އެހަމަލާގައި އިންޑިޔާގެ ސިފައިން ދެއްކި މިސާލަށާއި ހިތްވަރަށް އޭނާ ހަމަ ސާބަސް ދޭކަމަށެވެ.
ޝިލްޕާ ޝިންދޭ އެންމެ ފަހުން ފެނިފައިވަނީ ބިގްބޮސް 11 އިންނެވެ. އެޝޯވ ގައިވެސް އޭނަ އަކީ ހިތްވަރު ގަދަ ކެރޭ އަންހެނެއް ކަން ވަނީ ޝޯވގެ ބެލުންތެރިންނަށް ދައްކައިލާފައެވެ.