English Edition
Dhivehi Edition

ހަކުރުބަލި ނުވަތަ “ޑައިބެޓިކް” ޕޭޝެންޓުން ގެ ހަށިގަނޑުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭސް ނޫނީ އިންޖެކްޝަން ބޭނުން ކުރުމުގެ އިތުރުން ހަކުރު ހިމެނޭ ކާނާ ކެއުމުން ދުރުވާންޖެހެއެވެ. އެހެން ނަމަވެސް ހަކުރު އެކުލެވޭ ކަން ނޭނގި އެތައް ބައިވަރު ކާނާ ކެވެއެވެ. ގިނަފަހަރު ބަލައިލެވެނީ ސީދާ “ހަކުރު” މިމާއްދާ ކާނާގައި ހުންނަތޯއެވެ. ނަމަވެސް ކެއުމުގައި ގެންގުޅޭ ވަރަށް ގިނަ ޑިޝްތަކުގައި ހަކުރު ކޮންމެވެސް ވަރަކަށް އެކުލެވޭ ކާނާ އަހަރެމެންނަށް ކެވޭ ކަން އެނގެނީ ކިތައް ބޭފުޅުންނަށްތޯއެވެ؟

ޑައިބެޓިކް ޕޭޝެންޓުން، ކެއުމުގައި ތިރީގައި މިވާ ކާނާތަކާ ދުރުވުން ރައްކާތެރިއެވެ.

ޑްރައިޑް ފުރުޓްސް

ފުރުޓަކީ އޭގައި ގުދުރަތީގޮތުން ހިމެނޭ ހަކުރު އޭގައި އެކުލެވޭ އެއްޗެކެވެ. އެހެން ނަމަވެސް ފުރުޓް ހިއްކާލުމުން ނޫނީ “ޑްރައި” ކޮށްލުމުން އޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދެގުނައަށް މަތިވެއެވެ. އެހެން ކަމުން މޭވާ އެއް ކާންބޭނުން ނަމަ ތާޒާމޭވާ އެއް ޑަައިބެޓިކް ޕޭޝެންޓުން ބޭނުން ކޮށްލުން ރަނގަޅެވެ.

ފެލެވާޑް ޔޯގަޓް

ފްލެވާޑް ޔޯގަޓް އަކީ އޭގައި ހަކުރުގެ މިންވަރު ވަރަށް ބޮޑަށް އެކުލެވޭ އެއްޗެކެވެ. މީގެ ބަދަލުގައި ޕްލެއިން ޔޯގަޓް ނޫނީ ޝުގަރ-ފްރީ ގްރީކް ޔޯގަޓް ބޭނުން ކޮށްލުން ރަނގަޅެވެ. ޝުގަރ ފްރީ ގްރީކް ޔޯގަޓް އަކީ ޓައިޕް 2 ޑައިބެޓިކް ޕޭޝެންޓުން ކާން އެންމެ ރަނަގޅު ޔޯގަޓެވެ.

ފެޓް މީލްސް

ބީޕް އަދިސެލްމޮން އަކީ ޑައިބެޓިކް ޕޭޝެންޓުން ކެއުމުގައި ބޭނުން ކުރަން އެއްގޮތަކަށް ވެސް ރަނގަޅު އެއްޗެއްނޫނެވެ. މީގައި އެކުލެވޭ ފެޓް އިން ހިތުގެ މައްސަލަތަކަށް މަގުފަހި ކޮށްދެއެވެ. އެހެން ކަމުން މިދެބާވަތުގެ ބަދަލުގައި ކުކުޅު އަދި މަސް ބޭނުން ކުރުން އެދެވިގެން ވެއެވެ.

ވައިޓް ޕާސްތާ

 

ވައިޓްޕާސްތާ އަކީ ވަރަށް ގިނަބޭފުޅުންގެ މެދުގައި މަގުބޫލް ކެއުމެކެވެ. އެހެން ނަމަވެސް ހިތާމަޔާ އެކީ ދަންނަވަން ޖެހޭނީ ވައިޓް ޕާސްތާ އަކީ އޭގައި ކާބޯހައިޑްރޭޓް ގިނައަދަދަކަށް އެކުލެވޭ ޑިޝް އަކަށް ވުމުން މިއީ ޑައިބެޓިކް ޕޭޝެންޓުން ކެއުން އެއްގޮތަކަށްވެސް ރަނގަޅު ކެއުމެއް ނޫނެވެ.

ޕެކޭޖްޑް ފުޑްސް

ޑައިބެޓިކް މީހުންނަކީ އަބަދުވެސް ވަރަށް ރަނގަޅަށް ސިއްޚަތަށް ބަލައިގެން އުޅުއްވަން ޖެހޭ ބައެކެވެ. އެހެން ކަމުން ބަންދުކޮށްފައި ހުންނަ ޗިޕްސް، ކުކީސް އަދި ޕީނަޓް ބަޓާ ފަދަ ތަކެތި ކެއުންވެސް އެހާ ރަނގަޅެއް ނޫނެވެ.ސިއްޚީ ބައެއް މާހިރުން ބުނެފައި ވާގޮތުގައި ޖިމަށް ދާ ޑައިބެޓިކް ޕޭޝެންޓުން ބަންދުކޮށް ފައި ހުންނަ ކާނާ އާ ވަކިން ޚާއްސަކޮށް ދުރުވާނެ ޖެހެއެވެ.