English Edition
Dhivehi Edition

މޫސުން ގޯސްވުމާއި ގުޅިގެން އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށް މޫސުމާ ބެހޭ އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން އިރުއޮއްސި 6:00 އިން ފެށިގެން މިރޭ 11:00 އާ ހަަމަށް އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އަދި މި އެލާޓް ނެރިފައި ވަނީ ބޯކޮށް ވާރެވޭހޭނެ ކަމަށް ލަފާ ކުރުމުގެ އިތުރުން ވިލާ ގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

މެޓް އޮފީހުން ބުނީ، މިރޭ 08:00 އިން މާދަމާރޭގެ 08:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައްބަލާއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.