English Edition
Dhivehi Edition

ސަރުކާރުގެ އިދާރާތަކުގައި ހިނގާ ކޮރަޕްޝަންތައް ރިޕޯޓް ކުރުމަށް ޕޯޓަލެއް މިއަދު ތައާރަފް ކޮށްފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެ އެންމެ ބޮޑު އެއް ވައުދަކީ ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތައް ފަޅާއަރުވާލައި، އެކަންކަން ރައްޔިތުންނަށް ހާމަ ކުރުމަށް ވާއިރު މި ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ މީހަކަށްވެސް އެފަދަ އަމަލެއް ހިންގާ ފަރާތްތައް ރިޕޯޓްކޮށްލެވޭނެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް (https://www.whistleblower.gov.mv) ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާޙް ކޮށްދީފައިވާ އިރު މައްސަލައެއް މި ޕޯޓަލް މެދުވެރިކޮށް ހުށައަޅާއިރު އެ މައްސަލަ ހުށައަޅާ މީހާގެ މައުލޫމާތެއް ބޭނުމެއް ނުވާނެއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މިއަދު ތައާރަފްކުރި ޕޯޓަލަކީ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރު ކުރުމަށް ގާއިމްކޮށްދިން ވެބް ޕޯޓަލެއް ކަމަށެވެ. އެ ޕޯޓަލަށް ޝަކުވާ ހުށަހަޅާއިރު ކާކުކަން ބުނެދޭކަން ނުޖެހޭނެ ކަމަށާއި ކާކުކަން އެނގިދާނެތީ ޖެހިލުންވާކަށް ވެސް ނުޖެހޭނެ ކަމަށެވެ. އެއީ ވިސިލްބްލޯއަށް މަގުފަހިކޮށްދޭނެ މުހިންމު ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ.