English Edition
Dhivehi Edition

ސޯޝަލް މީޑިޔާގެ އެއް ވަސީލަތް ފޭސް ބުކްގެ މެސެންޖާއިން މެސެޖު ފޮހެލެވޭގޮތް ހަދައިފި އެވެ. އާ އަޕްޑޭޓާއިއެކު މިހާރު ތިމާ ކޮށްފައިވާ މެސެޖު އަނެކާއަށް ނުފެންނަ ގޮތައް ހަދައި ފޮހެލެވޭގޮތް ހެދޭގޮތް ވުން މިއީ ވަރަށް ގިނަ މީހުން ކުރަމުން އައި އުއްމީދެކެވެ.

ފޭސް ބުކް ނުވަތަ މޫނު ފޮތަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ އެއް މީސްމީޑިޔާ ވަސީލަތެވެ. މެސެޖު ކުރުމަށާއި ވީޑިއޯ ކޯލް ކުރުމަށް މެސެންޖާ ބޭނުންކުރާ އިރު މި އައި އާ ބަދަލާއެކު މިހާރަށްވުރެ ގިނަ މީހުން މި އެޕްލިކޭޝަށް ސަމާލުކަން ދީ މި ބޭނުން ކުރާނެކަމަށް ބެލެވެއެވެ.

މެސެންޖާއަށް ގެނައި މި ބަދަލަށް ބަލާއިރު މި ޚިދުމަތް މަސައްކަތް ކުރަނީ ޗެޓް މެސެޖް ފޮނުވާތާ 10 މިނެޓް ތެރޭގައެވެ. 10 މިނުޓަށް ވުރެ ގިނައިރުވުމުން ލިޔުންކޮޅު ފުހެލުމުގެ ފުރުސަތު ގެއްލިގެން ދެއެވެ. 10 މިނުޓަކީ އަނެކާއަށް ފޮނުވާ މެސެޖާއި މެދު ކަންބޮޑުވާ ކަމެއް އިންނަމަ އެކަން ފާހަގަ ކުރެވި، ރަނގަޅުކުރަން އެކަށީގެންވާ ވަރެއްގެ ވަގުތެކޮޅެކެވެ.

ފޮނުވާފައިވާ ލިޔުންކޮޅު ފުހެލަން ބޭނުންނަމަ އެ ލިޔުންކޮޅަށް ފިތާލާށެވެ. ފިތާލުމުން ދެކަމަކަށް ފުރުސަތު އޮތްކަން މެސެންޖާއިން ބުނެދޭނެއެވެ. އެއްކަމަކީ އަމިއްލަ ނަފްސަށް މެސެޖް ފުހެލުމެވެ. ދެން އޮތް ގޮތަކީ އެންމެންނަށް އެ މެސެޖް ނުފެންނަހެން ފުހެލުމެވެ.