English Edition
Dhivehi Edition

ކުރީގެ ރައީސް އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއް ލީޑަރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތިންވަނަ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށައަޅުއްވައިފިއެވެ. މިފަހަރު އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފައްދަވަނީ މޯލްޑިވްސް ރިފޯމް ޕާޓީ (އެމްއާރްއެމް) އެވެ.

އިއްޔެ އެމްއާރްއެމް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައީސް މައުމޫން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އެމްއާރްއެމްގެ ފަރާތުން އިލެކްޝަން ކޮމިޝަން(އީސީ) އަށް ހުށަހަޅާފައިވާ ކަމަށެވެ. އެއާއެކު އިލެކްޝަންސް ކޮމިޝަން އިން އެ ހުށަހެޅުން ބަލައިގަތް ކަމުގެ ލިޔުން ވެސް އެމްއާރްއެމް އިން ވަނީ ޓްވީޓް ކުރައްވައިފަ އެވެ.

ރައީސް މައުމޫން މީގެ ކުރިން ވެސް ސިޔާސީ ޕާޓީތައް އުފައްދަވާފައިވާއިރު މިއީ އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީ އެވެ. އެގޮތުން ކުރިން މައުމޫން އުފެއްދެވި ޕާޓީތަކަކީ ޑީއާރްޕީ އާއި ޕީޕީއެމްއެވެ. ޑީއާރްޕީގައި މައްސަލަ ޖެހިގެން ޕީޕީއެމް އުފެއްދެވިއިރު ޕީޕީއެމްއިން އެމަނިކުފާނު ވަނީ ވަކިކޮށްފަ އެވެ.