English Edition
Dhivehi Edition
އިބޫ އާއި ފައިސަލް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރައީސް ސޯލިހު އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޮގުކުރައްވައިފިއެވެ

އެމްޑީޕީގެ ފޯސްޓަރު ހަރުކުރުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ޕާޓީގެ ކެނޑިޑޭޓުންނަށް ރައީސް ސޯލިހް ތާއިދުނުކުރައްވާނެކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީގެ މެމްބަރުން ކުރައްވަންވީ ކަމަކީ ޕާޓީގެ ޓިކެޓް ލިބިފައިވާ ޕާޓީގެ ކެނޑިޑޭޓަށް ވޯޓު ދެއްވުންކަމަށެވެ. އަދި އެމްޑީޕީ ކެންޑިޑޭޓު ނޫން ކެނޑިޑޭޓަކަށް އެމްޑީޕީ މެމްބަރުން ވޯޓު ދިނުމަކަށް ނަޝީދުވެސް އަދި ރައީސް ސޯލިހްވެސް ބޭނުންނުވާކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.” ރައީސް ސޯލިހް އެމްޑީޕީގެ ކެންޑިޑޭޓަކަށް ނޫން އެހެން ބޭފުޅަކަށް ތާއީދެއް ނުކުރައްވާނެ. އަދި ރައީސްގެ ބަސްފުޅު އެފަދަ ގޮތަކަށް ނުހުންނާނެ” ނަޝީދު ވިދާޅުވިއެވެ

ނަޝީދު މި ގޮތަށް ވާހަކަދައްކާފައިވާއިރު ދާދި ފަހުން މ. ކުނޫޒް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމްވަނީ، އެ ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވައިދެއްވުމަށް މަސައްކަތްކޮށްދެއްވަން ރައީސް ސޯލިހު އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ

އޭޕްރީލް 6 ގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން 86 ދާއިރާއަށް ވާދަކުރެ އެވެ.